މަސައްކަތް
ނަންބަރު: (IUL)RS/1/2021/31
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 30 މާރިޗު 2021 12:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ރެހެންދި ސްކޫލު ލައިބްރަރީއަށް ބުކްޝެލްފާއި ޓްރޮލީ ހޯދުން

ރެހެންދި ސްކޫލް ލައިބްރަރީއަށް ބުކްޝެލްފާއި ޓްރޮލީ ހޯދަން ބޭނުންވެއްޖެ

  1. ރެހެންދި ސްކޫލު ލައިބްރަރީއަށް ބުކްޝެލްފާއި ޓްރޮލީ ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ބީލާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިޕުރޮޖެކްޓަށް ބީލަންހުށަހެޅޭނީ މިނިސްޓްރީ އޮފް އެކޮނޮމިކްސް ޑިވޮލަޕްމެންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  3. މިޕުރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 24 މާރިޗު 2021 ން 30 މާރިޗު 2021 12:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަ 2021 މާރިޗު 31 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  5. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2021 އޭޕްރިލް 8 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  6. އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ބީލަންފޮތް (ޖަދުވަލްތަކާއެކު) އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

 

24 މާރިޗު 2021

24 މާރިޗު 2021