ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-PRJ/23/2021/60
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 29 އޭޕްރިލް 2021 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2021 އާއިގުޅޭ

އިޢުލާން 

 

ޕްރިންސަސް ސްރިނަގަރިންދްރާ އެވޯޑް 2021 އާއިގުޅޭ

 

ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފްކޮށްފައިވާ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2021" އަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިއެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާއާއި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށް ދެވޭ އެވޯޑެކެވެ.

ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 29 އޭޕްރިލް 2021 (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޑިވިޜަން އަށް އެޑްރެސްކޮށް ފޮނުވައިދެއްވުމަށް އެދި ދަންނަވަމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމާއިގުޅޭ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. (http://www.princemahidolaward.org/) އަދި މިމިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަން (3014472) އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

24 މާރިޗު 2021