ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރައްވާނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-228174
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 03
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 01
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެއިދާރާ
|
މުސާރަ:
|
މަހަކު 7,035.00 (ހަތްހާސް ތިރީސް ފަސް ރުފިޔާ)
|
ސަރވިސް އެލަވަންސް:
|
މަހަކު 2000.00 (ދެ ހާސް ރުފިޔާ)
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ އިކޮނޮމިކޮސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ ސޯޝަލް ސައިންސް ނުވަތަ އާރބަން ސްޓަޑީޒްގެ ތަޢުލީމުގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ން ފެށިގެން މަތީގެ ސެޓްފިކެޓެއް ހުށަހަޅާފައިވާނަމައެވެ. އެފަދަ ސެޓްފިކެޓެއް ހުށަހަޅާފައި ނުވާނަމަ ސަޕޯޓިންގް ކޯ އެލަވަންސް 02 ގެ ގޮތުގައި 900.00 ރުފިޔާ ލިބޭނެއެވެ.)
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ ލަފަޔާ މަޝްވަރާގެ މަތިން ރާވައި ހިންގުން
- ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކައުންސިލްގެ ލަފަޔާއިއެކު ރާވާ ހިންގުން
- ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށްގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމު ތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން
- ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އުޞޫލުތަކާއި އެސް.އޯ.ޕީތައް އެކުލަވާލުމާއި ތަންފީޒުކުރުން އަދި މަސައްކަތްކުރިއަށް ދަނީ ޤާނޫނާ،ޤަވާއިދާ، އުސޫލުތަކާ އަދި އެސް.އޯ.ޕީ ތަކާ އެއްގޮތަށްކަން ޔަގީން ކުރުން
- ޤާނޫނާއި ޤަވާއިދާއި، އުސޫލު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްތަކާއި އެއްގޮތަށް ރައްޔިތުންގެ މާލިއްޔަތު މުއްސަނދި ކުރުމަށްޓަކައި ވިޔަފާރި އަދި އެހެނިހެން ބޭނުމަށް ބިންދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިގޮތަށް ދޫކުރެވޭ ބިންތަކުގެ އެގްރީމަންޓްތައް ބެލެހެއްޓުމާއި ބިންތަކާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން
- އިޖްތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާއްމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން
- ރަށުގެ އިޤްތިޞާދީ ސިނާއަތްތަކާއި، މަސައްކަތްތެރިކަމާއި، ވިޔަފާރިއާ ގުޅޭ އެންމެހާ މަސައްކަތްތަކެއް ރާވައި ހިންގުން
- ރަށުގެ މިސްކިތްތައް ބެލެހެއްޓުން
- ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމެއް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމުތައް ހަމަޖެއްސުން
- ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުގެ މުވައްޒަފުން ލައްވާ ކުރުވައި މޮނިޓަރކުރުން
- ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން
- ރަށުގެ އިޖްތިމާޢި ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. މި ގޮތުން ރަށުގައި ދިރުއުޅޭ ވަލްނަރަބަލް ގްރޫޕްސް ތަކުގެ މަޢުލޫމާތު އެއްކޮށް އެފަރާތްތަކުގެ ދިރުއުޅުމެ ޙާލަތު ރަނގަޅު ކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޕްރޮގްރާމްތައް ރާވައި ހިންގުމާއި މިފަދަ ފަރާތްތަކުގެ ދަފްތަރުތައް އެކުލަވާލައި ޙާލަތު މޮނިޓަރ ކުރެވޭނެ ނިޒާމްތައް ޤާއިމްކޮށް ތަންފީޒު ކުރުން
- އިކޮނޮމިކް ޑިވޮލޮޕްމަންޓް އަދި ސޯޝަލް ސާރވިސަސް ޔުނިޓްގެ ހިންގުން ހަރުދަނާ ކުރުމަށް ޓެކްނިކަލް ލަފާ ފޯރުކޮށްދިނުމާއި، ކައުންސިލް އިދާރާއިން ދެވޭ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި ހަލުވި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މަސައްކަތް ކުރިއަށްދާގޮތް އޮޑިޓްކޮށް ރަނގަޅު ކުރުން
- ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ދެނެގަތުމަށް ޚިޔާލު ހޯދުމާއި، ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- ތަރައްޤީގެ ޕްލޭން، ލޭންޑް ޔޫސް ޕްލޭން، ކައުންސިލްގެ ވާރކް ޕްލޭން އަދި ކައުންސިލްއިން ފޯރުކޯށްދޭ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
- އެކިއެކި އިންތިހާބުތަކާއި، ބޯހިމެނުމާއި ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި، މިފަދަ މަސައްކަތްތަކަށް ބޭނުންވާ ސިސްޓަމްތައް އެކުލަވާލުމާއި ތަންފީޒުކުރުން
- އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި ބޭނުންވާ އެހީތެރިކަމާ އިރުޝާދު ފޯރުކޮށްދިނުން
- ގުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން މަންފާ އިތުރު ކުރާނެ ގޮތްތަކާއި މިފަދަ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ވާޞިލްވާނެ ފަދަ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ރަށުގައި ތަފާތު އެކި ސިނާއަތްތަށް ކުރިއެރުވުމާއި ފެށުމަށް ކުރަންޖެހޭ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުން އަދި ސިނާއަތްތައް ކުރިއަރުވާނެ ގޮތާއި ވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީ ފަދަ މަންފާ އިތުރުކުރެވޭ ކަންތައް ކުރުމަށް ޢާއްމުން އަދި ރަށުގެ އެކި ގުރޫޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
- ރަށުގެ ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން
- ތަރައްޤީއާގުޅޭ ރިޕޯޓްތަކާއި ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ރިޕޯޓްތަކެއް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔުނިޓަށް ހުށައެޅޭ ސިޓީ، މެސެޖް އަދި އީމެއިލްތަކަށް ޖަވާބުދިނުމުގެ ކަންކަން ސެކުޝަނުން ކުރޭތޯ ބަލައި މޮނިޓަރކުރުން
- ރަށުގައި ހިންގާ އެންމެހާ ޕްރޮޖެކްޓްތައް ހިނގާ ނުހިނގާގޮތް ބެލުމާއި މިފަދަ ޕްރޮޖެކްޓްތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ރިކޯޑް ބެލެހެއްޓުން
- މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރުންވެސް ޤާނޫނުން ލާޒިމުކުރާ ރަށްވެހި ޚިދުމަތްތައް ދިނުމަށް ސެކުޝަނުން ކުރަންޖެހޭ މަސައްކަތްތައް ރާވައި މޮނިޓަރކޮށް ބެލެހެއްޓުން
- ރަށުކައުންސިލްގެ އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ކައުންސިލް އިދާރާ ހިންގަވަން ހުންނަވާ ވެރިއަކު، މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރާ މަސައްކަތްތަކާއި ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމުގައި އެބޭފުޅަކާ އެހީތެރިވެ، އެއްބާރުލުން ދީގެން މަސައްކަތްކުރުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު، އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމެންޓް
އިކޮނޮމިކްސް (ކޯ އެކަޑަމިކް ޑިސިޕްލިން)
ޕްރޮޖެކްޓް މެނޭޖްމެންޓް (ކޯ އެކަޑަމިކް ޑިސިޕްލިން)
ޕަބްލިކް އެޑްމިނިސްޓްރޭޝަން
ސޯޝަލް ސައިންސް (ކޯ އެކަޑަމިކް ޑިސިޕްލިން)
އާބަން ސްޓަޑީޒް (ކޯ އެކަޑަމިކް ޑިސިޕްލިން)
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
މުނިސިޕަލް ސަރވިސަސް
އެޑްމިނިސްޓްރޭޝަން
މެނޭޖްމެންޓް
ޕްރޮޖެކްޓް މެނޭޖްމެންޓް
ސޯޝަލް ސައިންސް
އިކޮނޮމިކް ޑިވެލޮޕްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިންބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސްކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)
(ރ) އުވައިލާފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
އެމް.އެސް 03 ކެޓްގަރީ
|
ދާއިރާ
|
ބެލޭނެ ބައިތައް
|
ޕޮއިންޓު
|
އިންސައްތަ
(%)
|
ކެޓަގަރީގެ ޖުމުލަ އިންސައްތަ
|
ތަޢުލީމު
|
ލިބިފައިވާ ތަޢުލީމު
|
85
|
30
|
35
|
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން ސެޓްފިކެޓް
|
05
|
05
|
މަސައްކަތުގެ ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
|
20
|
15
|
15
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު
|
100
|
50
|
50
|
ޖުމްލަ:
|
210
|
100
|
100
|
- ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %45 (ސާޅިސް ފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މާރޗް 31 ގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،2021 އޭޕްރީލް 04 އާއި 2021 އޭޕްރީލް 15 އާ ދެމެދު، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" ޢާއްމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި އިދާރާގެ ވެބްސައިޓްގައި ޢާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަން ވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 6600006 ފޯނާއެވެ. އީ-މެއިލް ކުރައްވާނަމަ، ކުރައްވާނީ، [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "ޢައްޔަންކުރުމުގެ އުޞޫލާގުޅޭ" މި ލިންކުން (http://www.csc.gov.mv/dv/recruitment-usoolu) ލިބެން ހުންނާނެއެވެ.
|