ދިވެހިރާއްޖެ
ސްކޫލުގެ އޭ ބްލޮކް އިމާރާތުގެ ފުރާޅު ޓިނުބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ފަރާތެއް ހޯދުމަށް ބޭނުންވެގެން މިސްކޫލުން 04 މާރިޗް 2021 ގައި ކުރި (ނަމްބަރ: GS168/IUL/2021/01) އިޢުލާނަށް 3 ބީލަން ލިބިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެމަސައްކަތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތް ތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު ތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
1 މިޕްރޮޖެކްޓް އާއި ބެހޭ ޕްރީބިޑް މީޓީން އޮންނާނީ 2021 މާރިޗް 31 ވަނަ ދުވަހުގެ 11:00 ގައި ދިއްގަރު ސްކޫލް އޮފީހުގައެވެ. ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓީން އަށް ހާޒިރުވާ ފަރާތްތަކަށެވެ. މީޓިން އަށް ހާޒިރުވާ ފަރާތްތަކަށް ބީލަން ފޮތް ހަވާލް ކުރެވޭނެއެވެ.
2 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 އޭޕްރީލް 4 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް، ނުވަތަ މި ސްކޫލް އޮފީހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
3 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 އޭޕްރީލް 8 ވަނަ ދުވަހުގެ 11:00 ގައި ދިއްގަރު ސްކޫލް އޮފީހުގައެވެ.
4 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދިއްގަރު ސްކޫލް
މ.ދިއްގަރު / ދިވެހިރާއްޖެ
ފޯން: 7952904
އީ-މެއިލް: [email protected]