ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-3.2/179/2021/10
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 05 އޭޕްރިލް 2021 10:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓްކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި އޮތޯރިޓީގެ އިންޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާޢިއު ކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (TOR) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން މި އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

މަޢުލޫމާތު ސާފުކުރުން:

މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 30 މާރިޗު 2021ވާ އަންގާރަ ދުވަހުގެ 10:00ގައި ވަރޗުއަލްކޮށް ބޭއްވޭނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 މާރިޗު 2021ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން[email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޕްރޮޕޯސަލް ބަލައިގަތުން:

  1. ތާރީޚް އަދި ތަން: 05 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.
  2. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހުށަހަޅުއްވާނީ ވަކިވަކި  ސިޓީއުރައިގައެވެ.  އަދި މިއިއުލާނާއެކު ވާ އެޓެޗްމަންޓްގައި އެވާ ޗެކްލިސްޓް ފުރިހަމަކުރުމަށްފަހު ހުށަހަޅުއްވަން ވާނެއެވެ.

                މި އިޢުލާނާއި ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ފޯނު ނަމްބަރު: 3336619 އަށް ގުޅުއްވުން އެދެމެވެ.

10 ޝަޢުބާން 1442

23 މާރިޗު 2021

23 މާރިޗު 2021