ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-HR/1/2021/28
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 01 އޭޕްރިލް 2021 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާނު 

މަޤާމު:

ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ނަންބަރު:

J-321649

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ.އެކްސް 5

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ ޖެނެރަލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ޕޮލިޓެކްނިކް / ކ.މާލެ

މުސާރަ:

13890.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު 1500.00

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޕޮލިޓެކްނިކްގެ އިދާރީ އަދި ފަންނީ ހިންގުމުގައި އިސްނަގައިގެން އިސްދައުރެއް އަދާކުރުން.
  2. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތް ދުވަހުން ދުވަހަށް ބަލަހައްޓަވައި ޗީފް އެގްޒެކެޓިވް އޮފިސަރ ގެ ލަފަޔާ އިރުޝާދުގެ ދަށުން މަސައްކަތް ރާވައި ކުރިޔަށް ގެންދިޔުން.
  3. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތާ ގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލުމާއި، މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢުލޫމާތާއި ލަފާ ޗީފް އެގްޒެކެޓިވް އޮފިސަރ އާއި ޕޮލިޓެކްނިކް ކައުންސިލަށް ދެމުން ގެންދިޔުމާއި، އެގޮތުން އެކުލަވައިލެވޭ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
  4. މޯލްޑިވްސް ޕޮލިޓެކްނިކުން ފޯރުކޮށްދޭ ތަމްރީނުތައް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް ޢާއްމުކުރުން.
  5. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތާ ގުޅޭގޮތުން ސިޔާސަތުތައް އެކުލަވައިލުމުގެ ޢަމަލީ މަސައްކަތްކޮށް އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭނާއި އެކްޝަން ޕްލޭންތައް ހަދައި ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތް ކުރުން.
  6. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާއިދުތައް، ޗީފް އެގްޒެކެޓިވް އޮފިސަރ އާއި، އެސް.އެމް.ޓީ އާއި، އެކަޑެމިކް ކޮމިޓީގެ ލަފާގެމަތިން ހެދުމާއި، އިސްލާޙުކުރުމާއި ތަންފީޒްކުރުން.
  7. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ދޭ ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް އަވަސް ޚިދުމަތް ދެވޭނެ ގޮތްތައް ހޯދައި ތަރައްޤީކޮށް، ކަމަށް ބޭނުންވާނެ ގައިޑްލައިންތަކާއި ޕްރޮސީޖާތަކާއި އުސޫލުތައް، އެސް.އެމް.ޓީ އާއި، އެކަޑެމިކް ކޮމިޓީގެ ލަފާގެމަތިން އެކުލަވާލައި ޢަމަލުކުރަމުން ގެންދިޔުން.
  8. މޯލްޑިވްސް ޕޮލިޓެކްނިކްގެ މުދަލާއި ފައިސާއާއި އެނޫންވެސް ވަޞީލަތްތައް ބޭނުންކުރެވެމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  9. މޯލްޑިވްސް ޕޮލިޓެކްނިކްގެ ގެ މަސައްކަތްތައް، ދާއިރާގެ ފެންވަރުގައްޔާއި ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤުވާމި ފެންވަރުގައި ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، އެ ރޮނގުރޮނގުން ކުރިޔަށް ދިޔުމަށް މުވައްޒަފުންނަށް މަގުދައްކައި އެހީތެރިވެދިނުން.
  10. މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓޭނެ އިންތިޒާމް ޤާއިމުކޮށް އެކަންކަން ހިންގުން.
  11. މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތްތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާންޖެހޭ އެންމެހާ ފަރާތްތަކަށް ޖަވާބުދާރީވުން.
  12. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ފޮނުވާންޖެހޭ ރިޕޯރޓްތަކާއި، ތަފާސްހިސާބުތަކާއި، އަދި އެހެނިހެން ލިޔެކިޔުންތައް، ހަމަޖެހިފައިވާ އުސޫލަކާ އެއްގޮތަށް ތައްޔާރުކޮށް ހުށަހަޅަން ކަނޑައެޅިފައިވާ ފަރާތްތަކަށް ހުށަހަޅަމުންދޭތޯ ކަށަވަރުކޮށް އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.
  13. މޯލްޑިވްސް ޕޮލިޓެކްނިކްގެ މެންޑޭޓްގައި ހިމެނޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން.
  14. މަޤާމުގެ ހައިސިއްޔަތުން ބައިވެރިވާންޖެހޭ ހުރިހާ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެ މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކޮށް ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ކަމާއިބެހޭ ސެކްޝަންތަކަށް އެންގުން.
  15. ހަޔަރ އެޑިއުކޭޝަންގެ ޤާނޫނުގެ ދަށުން، މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅުންހުރި ސިޔާސަތު އެކުލަވާލަންޖެހޭ ހުރިހާ ކަމެއް ފާހަގަކޮށް، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންސިލާއި، ޗީފް އެގްޒެކެޓިވް އޮފިސަރ އަށް ހުށައަޅައިގެން ސިޔާސަތުތައް އެކުލަވާލުން އަދި އެފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ހަދަންޖެހޭ ސްޓްރެޓެޖިކް ޕްލޭންއާއި އެކްޝަންޕްލޭންތައް ހަދައި ތަންފީޒުކުރުމުގެ ޢަމަލީ މަސައްކަތްކުރުން.
  16. ސެކްޝަންތަކުގެ ވެރިންގެ މަސައްކަތް ދުވަހުން ދުވަހަށް މޮނިޓަރކޮށް އެ މުވައްޒަފުންގެ މަސައްކަތް ހަލުވިކުރަމަށްޓަކައި ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުން.
  17. އޮފީހުގެ މަސްއުލިއްޔަތު އަދާކުރުމަށްޓަކައި ހޯދަންޖެހޭ ރިސޯސަސްތައް (ހިއުމަން، ފިޒިކަލް، ޓެކްނޮލޮޖިކަލް ރެސޯސަސް) ހޯދައި ބެލެހެއްޓުމުގެ ނިޒާމް ހަމަޖައްސައި، އެ ރިސޯސަސް މޮނިޓަރކޮށް ބެލެހެއްޓުން
  18. މޯލްޑިވްސް ޕޮލިޓެކްނިކުން ބައިވެރިވާ އެކިއެކި މުއާހަދާތަކާއި، ފަހުމުނާމާތަކާއި ގުޅިގެން ޕޮލިޓެކްނިކުން ކުރިއަށްގެންދާންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން ތަންފީޛު ކުރާނޭގޮތް ރާވައި ހިންގުން
  19. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންސިލްގެ ސެކްރިޓޭރިއެޓް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މިމަޤާމުގެ ތަޢުލީމީ ރޮނގުތަކަކީ:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- އެޑިއުކޭޝަން

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

މިމަޤާމުގެ ޕްރިފަރޑް ޑިސިޕްލިން ގޮތުގައި ކަނޑައަޅާފައިވަނީ:

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- ބިޒްނަސް މެނޭޖްމަންޓް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

(ޕްރިފަރޑް ޑިސިޕްލިންއާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލީން ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

- މެނޭޖްމެންޓް

- އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާސިލްކޮށްފައިވާ ތައުލީމަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލްކަން ކަށްވަރުކުރުމަށް ކުރާ އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް އިމްތިޙާނަށް ބަލައިގެން.

ރ. މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ތަމްރީނަށް ބަލައިގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 އޭޕްރީލް 2021 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް ކުރަށްވާ އެޕްލިކޭޝަންތައް ޕީ.ޑީއެފް ފޯރމެޓަށް އެއް ޑޮކިޔުމެންޓެއްގެ ގޮތުގައި ފޮނުވުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެކްޓިކަލް އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު/ޕްރެކްޓިކަލް އިމްތިޙާނު އޮންނާނީ، 04 އޭޕްރީލް 2021 އާއި 22 އޭޕްރީލް 2021 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3305414 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

23 މާރިޗު 2021