މަސައްކަތް
ނަންބަރު: (IUL)-FSL/2021/05
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 22:41
ސުންގަޑި: 29 މާރިޗު 2021 10:00
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްއައުޓްލައިން ލިޔާނެ ފަރާތެއް ހޯދުމާއިބެހޭ

މި އިޢުލާންވަނީ 29 މާރިޗު 2021 08:57 ގައި ބާތިލް ކުރެވިފައެވެ.


(IUL)-FSL/2021/05 :ނަންބަރު

އިޢުލާން

 

ކޯސްއައުޓްލައިން ލިޔާނެ ފަރާތެއް ހޯދުމާއިބެހޭ

       މިފެކަލްޓީގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ބެޗެލަރ އޮފް އިސްލާމިކް ސްޓަޑީޒް (އިމާމް އެންޑް ޚަޠީބު) ގެ ތިރީގައިވާ އަށް މާއްދާގެ އައުޓްލައިން ލިޔުމަށް ބޭނުންވެއެވެ. ވީމާ އެކަމަށް އެދޭ ފަރާތްތަކަށް މިކަމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މާއްދާތައް:

:- Quranic Exegesis

:- Story of Prophets

:- Research Methodology for Islamic Studies

:- Biography of Caliphs

:- Quran 5

:- Quran 6

:- Hadith and its Sciences

:- Practicum

 

 

އުޖޫރަ: މާއްދާއަކަށް /7500ރ

ޝަރުތު: އިސްލާމިކް ސްޓަޑީޒް، އިސްލާމީ ޝަރީޢާ ނުވަތަ ޝަރީޢާގެ ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު ޢަރަބި ބަސް ރަނގަޅަށް ދެނެލައްވާ ފަރާތެއްކަމުގައިވުން

 

        ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 މާރިޗު 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި ފެކަލްޓީއަށް އަންދާސީ ހިސާބާއި އެކު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޟިރުނުވެ ފަހުން މަޢުލޫމާތު ގެންދަވާ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދެވޭނެއެވެ. ނަމަވެސް  އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި ކަމުގައި ދަންނަވަމެވެ.

 

 

09 ޝަޢުބާން 1442

22 މާރިޗު 2021

22 މާރިޗު 2021