މަސައްކަތް
ނަންބަރު: Q10C-A/2021/3
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 01 އޭޕްރިލް 2021 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 08 އޭޕްރިލް 2021 19:26 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: Q10C-A/2021/3

އިޢުލާން

 

ތަރުޖަމާނުން ހޯދުމާއިގުޅޭ

 

 

މިކޯޓުން ބަލަމުންދާ ބައެއް މައްސަލަތަކާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

 

ބަންގާޅު ބަސް، އިނގިރޭސި ބަސް، ޗައިނާ ބަސް، ޖަޕާނު ބަސް، ހިންދީ ބަސް، އުރުދޫ ބަސް، މަލިޔާޅަމް ބަސް، ސައިން ލޭންގުއޭޖް.

 

ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

 

އުޖޫރަ:  މައްސަލަތަކާއި ގުޅިގެން ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)

 

ހުށަހަޅަންޖެހޭ ތަކެތި:

-  ތަރުޖަމާނުކަމަށް އެދޭ ސިޓީ

-  ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ

-  ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ  

-  ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

-  ވަނަވަރު (ސީވީ)

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 01 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހޭ ތަކެތި މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

09 ޝަޢުބާން 1442

22  މާރިޗް  2021

22 މާރިޗު 2021