މަސައްކަތް
ނަންބަރު: (IUL)KRH-PLD/2021/12
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 01 އޭޕްރިލް 2021 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިއުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

                ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑް އޭރިޔާ ފުރާޅުނަގައި ހީޓް އިންސިލޭޝަން ލައްވާ އަލުން ޓިނުޖެހުމުގެ މަސައްކަތާއި އެކަމާއި ގުޅޭ އެހެނިހެން މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުން ވެގެން ކުރެވުނު ނަމްބަރ) (IUL)KRH-APD/2021/09 ފެބުރުއަރީ 2021) އިއުލާނާއި ގުޅިގެން ލިބިފައިވާ އަގު ބޮޑުވުމުން އެ އިއުލާނާއި، އެއިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު ބާތިލު ކޮށްފީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚު ތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޮފީހަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.    

 

  • ރަޖިސްޓްރީ ކުރުން

23 މާރިޗު 2021 ވާ އަންގާރަ ދުވަހުން ފެށިގެން 01 އެޕްރީލް 2021 ވާ ބުރާސްފަތި ދުވަހު 9:00 ން 13:00 އަށް

  • ޕްރިބިޑް މީޓިންގ ހޮސްޕިޓަލް މީޓިން ރޫމް

04 އެޕްރީލް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

  • އަންދާސީ ހިސާބު ހުށަހެޅުން ހޮސްޕިޓަލް މީޓިންގ ރޫމް

11 އެޕްރީލް 2021 އާދީއްތަ ދުވަހުގެ 13:00 ގައި

 

ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

22 މާރިޗު 2021

22 މާރިޗު 2021