މަސައްކަތް
ނަންބަރު: (IUL)233-CA/233/2021/2
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 04 އޭޕްރިލް 2021 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާގެ ކުރިމަތީ ބިއްލޫރި ދޮރުސެޓްތައް ހަދައިދޭނެ ފަރާތެއް ހޯދުން

1. މި އިދާރާއިންދޭ މަޢުލޫމާތާއެއްގޮތަށް، އަމިއްލަތަކެތީގައި، މި އިދާރާގެ ކުރިމަތީގެ ދޮރުސެޓްތައް، ބިއްލޫރިން ހަދައި، ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021 މާރޗް 31 ވަނަދުވަހުގެ ނިޔަލަށް، [email protected] އަށް މެއިލްކުރައްވައި، ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓްކުރެއްވުން އެދެމެވެ. ނަންނޯޓްކުރައްވާ ފަރާތްތަކަށް، މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، ކުރެހުންތައް ލިބިވަޑައިގަންނަވާނެ އެވެ.

3. މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، 2021 މާރޗް 31ގެ 14:00ގެ ކުރިން،[email protected] މެއިލްކުރައްވައިގެން ނުވަތަ 6660606 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

4. އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ، 2021 އޭޕްރީލް 04 ވާ އާދީއްތަ ދުވަހުގެ 13:30 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2021 އޭޕްރީލް 04 ވާ އާދީއްތަ ދުވަހުގެ، 13:35 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

6. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ  ޢަމަލީ މަސައްކަތްކުރާ  ފަރާތްތަކުގެ ޤަވާޢިދު، ނަންބަރު: 2019/R-1019" (30 މާރޗް 2019) ގައިވާ ގޮތުގެމަތީން، ރަޖިސްޓްރީވެ، ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.

7. ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލު، މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.

22 މާރިޗު 2021