މަސައްކަތް
ނަންބަރު: GS153/IUL/2021/10
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 31 މާރިޗު 2021 12:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިޢުލާންވަނީ 23 މާރިޗު 2021 09:32 ގައި ބާތިލް ކުރެވިފައެވެ.


މިސްކޫލަށް މިހާރު ދިމާވެފައިވާ ކަރަންޓްގެ މައްސަލަތައް ބަލައި އަމިއްލަ ތަކެތީގައި އެމައްސަލަތައް ހައްލުކޮށް ތްރީފޭސް ކަރަންޓް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ.

 މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓު ކުރެވޭނެއެވެ. ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 23 މާރިޗު 2021 އިން 31 މާރިޗު 2021  އަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށެވެ.  ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 31 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:30  ގައި މި ސްކޫލް އޮފީހުގައެވެ.

 ބިޑް ހުށަހެޅުން އޮންނާނީ 4 އޭޕްރީލް 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.  

މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. 

ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

 

09 ޝަޢުބާން 1442

22 މާރިޗު 2021