މަސައްކަތް
ނަންބަރު: (IUL)258/2021/17
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 07 އޭޕްރިލް 2021 10:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ބީޗްގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ބީޗްގައި ޕިކްނިކް އޭރިޔާއެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                ހަނިމާދޫ ކައުންސިލްއިން ދޭމަޢުލޫމާތާއި  އެއްގޮތަށް ހަނިމާދޫ ފުޓްބޯޅަ ދަނޑުގެ ހުޅަނގުން ބީޗްގައި ޕިކްނިކް އޭރިއާއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިކައުންސިލްގެ ނަންބަރު: (IUL) 258/2021/13  އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތްތެއް ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 31 މާރިޗް 2021 ވާ  ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

22 މާރިޗު 2021