ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2021/18
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 30 މާރިޗު 2021 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                             (IUL)MMPRC-HR/1/2021/18 އިޢުލާން ނަންބަރު 

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމުގެ ނަން:  އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ (މަހަކު) : -/9,600 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/3,200 ރުފިޔާ މަހަކު

ޑެއިލީ އެލަވެންސް: -/3,200 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

 

ޑިޕާރޓްމަންޓް / ސެކްޝަން: ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު: 1

1- ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރި/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު:

ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ)

ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން  2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، (ނުވަތަ)

ނ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2 - މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޯޕަރޭޝަނުގެ އެޑްމިން ސެކްޝަނުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ ދަށުން ކުރިއަށް ގެންދިއުން.
  2. ކޯޕަރޭޝަނުގެ ހިންގުން ހަރުދަނާކުރުމަށް ތައްޔާރުކުރަންޖެހޭ، އެންމެހާ ޕޮލިސީ، އެސް.އޯ.ޕީތައް ތައްޔާރުކުރުމާއި ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ސުޕަވައިޒަރަށް އެހީތެރިވުން.
  3. ކޯޕަރޭޝަނުގެ އަހަރީ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޕްރައިވަޓައިޒޭޝަން ބޯޑަށް ފޮނުވަންޖެހޭ ކުއަރޓަލީ ރިޕޯޓްތައް ގަވާއިދުން ފޮނުވުން.
  5. މި ކޯޕަރޭޝަނުގެ އެކްސްޓާނަލް އަދި އިންޓަރނަލް އޮޑިޓްގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ރާވައި އިންތިޒާމްކުރުމާއި އޮޑިޓްގެ މަސައްކަތް ކުރިއަށްގެންދިއުން އަދި ފޮލޯއަޕްހެދުން.
  6. އެޑްމިނިސްޓްރޭޓިވް ސެކްޝަނުން ޑިރެކްޓަރުންގެ ބޯޑަށް ހުށައަޅަންޖެހޭ ލިޔެކިއުން ތައްޔާރުކުރުމާއި ހިއްސާކުރުމުގެ މަސައްކަތްތައް ކުރުން.
  7. ކޯޕަރޭޝަން ހިންގަން ހުންނަ ވެރިޔާއަށް ލިބޭ ސިޓީ/ލިޔުން ތައް ބަލައިގަތުމާއި ޖަވާބުދާރީ ވުން.
  8. ކޯޕަރޭޝަން ހިންގަން ހުންނަ ވެރިޔާގެ އެޕޮއިންޓްމަންޓްތަކަށް އެދޭ ފަރާތްތަކަށް ވެރިޔާ ހަމަޖައްސަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓްތައް ހަމަޖައްސައި އެކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
  9. މެނޭޖިންގ ޑިރެކްޓަރގެ ދަތުރުތައް ރާވާ އިންތިޒާމް ކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި ދަތުރު ތަކުގައި ބައިވެރިވާން ޖެހިއްޖެ ހާލަތުގައި ބައިވެރިވުން.
  10. މެނޭޖިންގ ޑިރެކްޓަރއަށް ބޭނުންވާ އެންމެހާ ރިޕޯރޓް/ލިޔެކިއުންތައް އެފަރާތުގެ ލަފާގެ ދަށުން ޑްރާފްޓްކުރުމާއި ފައިނަލްކޮށް އެންމެހާ ލިޔެކިއުން ބެލެހެއްޓުން.
  11. ސެކްޝަނުގެ މަސައްކަތްތަކާއި ގުޅިގެން ލިބޭ ސިޓީ/ލިޔުންތައް ބަލައިގަނެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  12. މިކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.
  13. ކޯޕަރޭޝަނުގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3- ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:   30 މާރިޗު 2021 ވަނަ ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4 - ހުށައަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ) .

ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން.

ޕޮލިސް ރިޕޯޓް (3 މަސް ހަމަނުވާ)

5 - އިތުރު މަޢްލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • އިންޓަރވިއުއަށް ގުޅާނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.
  • މި މަޤާމަށް އެދިހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/ ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6- އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

22 މާރިޗު 2021