ދިވެހިރާއްޖެ
(IUL)345-CAA/345/2021/67 :ނަންބަރު
|
އިޢުލާން
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިރަށު ރައްޔިތުންނަށް ޢާއްމުކޮށް ކަރަންޓް ދިނުމަށް ބޭނުންކުރި މިހާރު ބޭނުންނުކުރާތާ،16 އަހަރުވެފާހުރި ޖެނަރޭޓަރުތަށް ވިއްކާލުމަށް ޤަޞްދު ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވަލަމެވެ.
ބިޑްރަޖިސްޓަރިކުރުން.
ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން އއ. މާޅޮހު ކައުންސިލް އިދާރާގައި ބީލަން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރޭޝަން ކުރިއަށްދާނީ އިޢުލާނުކެރެވޭ ދުވަހުން ފެށިގެން 29 މާރިޗު 2021(ހޯމަ) ދުވަހާދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިންފެށިގެން މެންދުރު ފަހު 14:00އާއި ދެމެދުއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން.
މި ތަކެއްޗާބެހޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 8 އޭޕްރީލް 2021(ބުރާސްފަތި) ދުވަހުގެ10:00ގައި އއ. މާޅޮހު ކައުންސިލް އިދާރާގައެވެ.
ބިޑްހުޅުވުން.
މިތަކެތީގެ ބިޑުހުޅުވުން އޮންނާނީ 15 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހު 11:30ގައި އއ. މާޅޮހު ކައުންސިލް އިދާރާގައި ބިޑްހުށަޅާ ފަރާތްތަކުގެ ޙާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން.
މިތަކެއްޗާބެހޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 29 މާރޗް 2021(ބުރާސްފަތީ)ދުވަހުގެ
11:00ގެކުރިން މިއިދާރާގެ6660059 ފޯނާ ގުޅުންވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ، އިޢުލާނު ކުރީމެވެ.