މަސައްކަތް
ނަންބަރު: GS78/IULAAN/2021/07
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 18:48
ސުންގަޑި:
29 މާރިޗު 2021 14:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަދަރުސަތުއްޝައިޚް އިބްރާހިމްގެ، އަލަށްއަޅުވަން ޖެހޭ އޭސީ އެޅުވުމުއި، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް މިހާރު ހުރި އޭސީތައް ސާރވިސް ކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މަދަރުސަތުއްޝައިޚް އިބްރާހިމްގެ، އަލަށްއަޅުވަން ޖެހޭ އޭސީ އެޅުވުމުއި، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް މިހާރު ހުރި އޭސީތައް ސާރވިސް ކުރުމާއި، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.
- މަދަރުސަތުއްޝައިޚް އިބްރާހިމްގެ، އަލަށްއަޅުވަން ޖެހޭ އޭސީ އެޅުވުމުއި، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް މިހާރު ހުރި އޭސީތައް ސާރވިސް ކުރުމާއި، މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2021 މާރޗު 22 ން 2021 މާރޗް 28 ވަނަ ދުވަހުގެ 08:00 ން 14:00 ށް ނިޔަލަށް ސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި މިއިޢުލާން ގެޒެޓްކުރާ ވަގުތުންފެށިގެން އީމެއިލް ([email protected]) މެދުވެރިކޮށް 2021 މާރޗް 28 ގެ 14:00 ށް ( މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އަދި އީމެއިލް ލިބުންކަން ކަށަވަރުކުރުމަށް 2021 މާރޗު 22 ން 2021 މާރޗް 28 ވަނަ ދުވަހުގެ 08:00 ން 14:00 ވަނަ ދުވަހުގެ 08:00 ން 14:00 ށް ރަސްމީދުވަސްތަކުގައި މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ ފޯން ނަންބަރަށް ގުޅުންވުން އެދެން) ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 މާރޗް 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 މާރޗް 30 ވަނަ ދުވަހުގެ 10:00 ގައި މަދަރުސަތުއްޝައިޚް އިބްރާހިމްގެ ލައިބްރަރީގަ އެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މަދަރުސަތުއްޝައިޚް އިބްރާހިމް
މިސްކިތްމަގު ހއ.ކެލާ، ދިވެހިރާއްޖެ.
ފޯން: 6500097
އީ-މެއިލް: [email protected]
08 ثوبان 1442
21 މާރިޗު 2021