ޢާންމު މަޢުލޫމާތު
ނަންބަރު: 2021/009
ޕަބްލިޝްކުރި ތާރީޚް: 21 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 31 މާރިޗު 2021 15:00
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ކާނިވަލްގައި ބައިވެރިވުމަށް އެދޭ މުއްދަތު އިތުރުކުރުން

ރަމަޞާން މަހުގެ ދެވަނަ ދުވަހު ފަށާގޮތަށް، މި ބޯޑާއި މާލެ ސްޕޯޓްސް ކްލަބާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިމިވާ ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އަނެއްކާވެސް 31 މާރޗްވާ ބުދަ ދުވަހުގެ 15:00 އާއި ހަމައަށް މުއްދަތު އިތުރުކުރެވިފައެވެ.

އެހެން އަހަރު ތަކެކޭވެސް  އެއްގޮތަށް މިއަހަރުގެ ކާނިވަލުގައިވެސް ތިން މުބާރާތް ކުރިއަށްދާނެއެވެ. 

  • އޮފީސް ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 8 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1500.00 ރުފިޔާއެވެ.
  • އޯޕަން ޓޭޕް ބޯލް މުބާރާތުގައި ބައިވެވެވޭނީ 12 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 1000.00 ރުފިޔާއެވެ.
  • ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގައި ބައިވެރިވެވޭނީ 16 ޓީމަށެވެ. ބައިވެރިވުމުގެ ފީ އަކީ 5000.00 ރުފިޔާއެވެ.

 

މުބާރާތުގައި ބައިވެރިވެވޭނީ ފީ ދައްކާ ތަރުތީބުން، ހަމަޖެހިފައިވާ އަދަދު ފުރިހަމަވަންދެނެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް  10 ޓީޝާޓާއި، ޓްރެކްޕޭންޓް ދެވޭނެއެވެ.  

ކޮންމެ މުބާރާތެއްގެ އެންމެ ގިނަ ލަނޑު ހަދާ ފަރާތެއް، އެންމެ ގިނަ ވިކެޓް ނަގާ ފަރާތެއް، ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ތިންޓީމަށް އިނާމް ފައިސާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

 

21 މާރިޗު 2021