ދިވެހިރާއްޖެ
(IUL)38-CB/38/2021/116 :ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު 2020
ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާޠިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރުން
މި އިޢުލާނުގައިވާ ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ރީރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހަމަވި އިރު ވޯޓު ފޮށި ބެހެއްޓޭ އަދަދަށް ވުރެ މަދުން ވޯޓުލުމަށް
މީހުން ރަޖިސްޓަރީވެފައިވާތީ، ވޯޓު ފޮށި ނުބަހައްޓާ ގޮތަށް ވަނީ ނިންމާފައެވެ. މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި
ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 20 މާރިޗު 2021 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.
|
ވޯޓުފޮށީގެ ނަން |
ރަށުގެ ނަން |
އަތޮޅު |
ފޮށީގެ ކޯޑު |
|
ޕާމް ބީޗް އައިލެންޑް އެންޑް ސްޕާ - 1 |
ޅ. މަދިރިގުރައިދޫ |
ޅ |
Z73.1 |
|
އާވީ ނޭޗާރސް ޕެރަޑައިސް - 1 |
ދ. ދޫރެސް |
ދ |
Z116.1 |
|
ކިހާ މޯލްޑިވްސް - 1 |
ބ. ކިހާދުއްފަރު |
ބ |
Z132.1 |
|
ބްރެނިއަރ ކޮއްޓަފަރު - 1 |
ރ. ކޮއްޓަފަރު |
ރ |
Z140.1 |
|
ޑްރިފްޓް ތެލުވެލިގާ - 1 |
އދ. ތެލުވެލިގާ |
އދ |
Z145.1 |
|
ސިނާއީ |
|||
|
ތިލަފުށި - 1 |
ކ.ތިލަފުށި |
ކ |
V1.1 |
|
ގަން - 1 |
ސ. ގަން |
ސ |
V3.1 |
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓު ލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ.
މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާ، އައްޑޫ ސިޓީ،
އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިންނެވެ.
ރަޖިސްޓަރީ ކުރުން އޮންނާނީ 2021 މާރިޗު 19 ވާ ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް އަދި 2021 މާރިޗު 20
ވާ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ.
އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
05 ޝަޢުބާން 1442