ނީލަން
ނަންބަރު: ނަމްބަރު: (IUL)219-CS/1/2021/8
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 30 މާރިޗު 2021 10:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މި ކައުންސިލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާބެހޭ

ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލު ކުރުމާއި، ބައުވެ ހަލާކު ވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިއުމާއި ނައްތާލުމުގައި އަމަލު ކުރާނެ އުޞޫލުގެ ދަށުން، 09 ސެޕްޓެންބަރ 2020 ގައި ގެޒެޓް ކުރެވިފައިވާ އުޞޫލުގައިވާ ގޮތުގެ މަތިން ދައުލަތުގެ މުދަލެއް ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުން ކުރެވޭތޯ ބެލުމަށް (ނީލަން ޕޯޓަލް) މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފާއިނުވާތީ، މި ކައުންސިލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2021 މާރިޗް 30 ވަނަ ދުވަހުގެ 10:00 ގައި މި ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނުން ލިބޭނެއެވެ.

 

 

18 މާރިޗު 2021