ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2021/53
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 31 މާރިޗު 2021 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 88 ބަންޑާރަގޯތި ލިބުމަށް ހޮވުނު ފަރާތްތަކުން ގޯއްޗާއި ޙަވާލުވުމަށް އެންގުމާއި ގުޅޭ

                                       ނަންބަރު: 321/321/2021/53(IUL)

                                 އިޢުލާން

                  ބ.ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 88 ގޯތީގެ ތެރެއިން 12 މާރިޗް 2021 ވަނަ ދުވަހު ގޯތި ލިބުމަށް ހޮވުނު ފަރާތްތަކުން ގޯއްޗާއި، ޙަވާލުވުމަށާއި، އިންވަކިކޮށް ކަންމުޑި އެޅުމުގެ ކަންކަން ނިންމުމަށް ރަސްމީގަޑީގައި ކައުންސިލަށް ވަޑައިގަތުމަށް 21 މާރިޗް 2021 ން 31 މާރިޗް 2021 އަށް މުއްދަތުދެމެވެ.

                  މިމުއްދަތުގައި ގޯއްޗާއި، ޙަވާލުނުވެއްޖެނަމަ، އެގޯއްޗަކީ ޙަވާލުނުވާ ގޯއްޗެއްގެ ގޮތުގައިބަލާ، ތުޅާދޫއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓްގައި ޖެހިގެން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުނަގައިގެން އެގޯތި ގުރުން ހޮވޭ  ފަރާތަކާ ޙަވާލުކުރެވޭނެއެވެ.

                  ވެރިފަރާތުން ގޯއްޗާއި ޙަވާލުވުމަށް ވަޑައިނުގެންނެވޭފަދަ ޢުޛުރެއް މެދުވެރިވެއްޖެނަމަ، ބަދަލުގައި ވަޑައިގަންނަވާނޭ ފަރާތެއްގެ މަޢުލޫމާތު ( ނަމާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑު ނަންބަރު ) ހިމަނާ ގޯތިލިބޭ ފަރާތުން ސޮއިކޮށް، އިގިލީގެ ނިޝާންޖަހާފައިވާ ސިޓީއެއް މި ކައުންސިލްއަށް ހުށަހެޅުއްވުމުން އެފަރާތަކާއި ގޯތި ޙަވާލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި މި ޢިޢުލާނާއެކު ގޯތި ލިބުމަށް ހޮވުނު ފަރާތްތަކުގެ ލިސްޓް ޢާންމުކުރީމެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     05 ޝަޢުބާން 1442

18 މާރިޗު 2021