ދިވެހިރާއްޖެ
ހދ.ނެއްލައިދޫ މަސްޖިދުލް ޚައިރާތުގައި އަންހެނުންނަށް ޚާއްސަ ފާޚާނާ އަދި އިސްކޫރުބަރިއެއް ހެދުމާއި މިސްކިތުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެގެން ކުރި ނަންބަރު (IUL)263/263/2021/14 އިޢުލާނަށް ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ހދ.ނެއްލައިދޫ މަސްޖިދުލް ޚައިރާތުގައި އަންހެނުންނަށް ޚާއްސަ ފާޚާނާ އަދި އިސްކޫރުބަރިއެއް ހެދުމާއި މިސްކިތުގެ ބައެއް މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 21 މާރޗް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 24 މާރޗް 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 25 މާރޗް 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، 28 މާރިޗް 2021 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނާނެއެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 24 މާރޗް 2021 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.