ވަޒީފާގެ ފުރުޞަތު
ނަންބަރު: 276-A/2021/54
ޕަބްލިޝްކުރި ތާރީޚް: 18 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 25 މާރިޗު 2021 00:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުން

ށ.ބިލެތްފަހީ ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ

J-268877

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ /ށ.ބިލެތްފަހީ

މުސާރަ

4465.00 ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ) މަހަކު

ސަވިސް އެލަވަންސް

1500.00 ( އެއްހާސް ފަސްސަތޭކަ ރުފިޔާ ) މަހަކު

އެހެނިހެން އެލަވަންސް

1-      ސަޕޯރޓިންގ ކޯރ އެލަވަންސް 700.00ރ ( ހަތްސަތޭކަ ރުފިޔާ )

2-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-      ސިވިލްސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

1-      ބިލެތްފަހީކައުންސިލް އިދާރާގެ ސްޓޮކް ޤަވާއިދާއި ޤާނޫނާއި އެއްގޮތަށް ބެލެހެއްޓުން

2-      ސްޓޮކްބެލެހެއްޓެމުންގެންދަނީ އުސޫލްތަކާއި އެއްގޮތަށްކަން ކަށަވަރުކޮށް ދިނުމާއިއެކު ، ސްޓޮކް އާއިބެހޭގޮތުން ކައުންސިލްއިދާރާގެ ސެކްރެޓަރީ ޖެނެރަލްއަށް ޖަވާބުދާރީވުން .

3-      ސްޓޮކަށްބޭނުންވާތަކެތީގެ ރިކުއެސްޓް ޤަވާއިދުން ކަމާއިބެހޭ ޝެކްޝަންތަކަށް ފޮނުވުމާއި ، މާލީޒިންމާދާރު ވެރިޔާގެ ލަފާގެމަތިން ސްޓޮކަށް މުދާހޯދުން .

4-      ކައުންސިލް އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތް ތަކާއި އެހެނިހެން ހަރުމުދަލުގެ އިންވެންޓްރީ ޤަވާއިދުން ލިޔެ ބެލެހެއްޓުން .

5-      ނައްތާލެވޭ މުދަލުގެ މައުލޫމާތު ރެކޯރޑް ކޮށްބެލެހެއްޓުން .

6-      ކައުންސިލް އިދާރާއަށް ލިބޭ އެންމެހާލިޔުންތައް އެންޓްރީކުރުމާއި ، ސޮއިކުރުވަންޖެހޭ ލިޔުންތަކުގައި ކަމާއިބެހޭ މުވައްޒަފުންލައްވައި ސޮއިކޮށް ޖަވާބުދޭންޖެހޭ ލިޔުންތައް ސެކެޓްރީ ޖެނެރަލްގެ ލަފާގެމަތިން ކަމާއިބެހޭ މުވައްޒަފުންނަށް ފޯރުކޮށްދިނުން .

7-      ޤަވާއިދާ އެއްގޮތަށް އޮފީސް ހުޅުވާ ބަންދުކުރުން ( މީގެ ތެރޭގައި ރަސްމީ ބަންދު ދުވަސް ތަކުގައިވެސް ރަސްމީބޭނުމަކު އޮފީސް ހުޅުވަންޖެހޭ އަދި ބަންދުކުރަންޖެހޭ ހާލަތުގައިވެސް އެކަންކުރުން ހިމެނެއެވެ )

8-      ހޮޓާ ކެފޭ ރެސްޓޯރަންޓް، ކާބޯތަކެތި ވިއްކާ ތަންތަނުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުމާއި ، ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ، މިފަދަ ތަންތަން ޗެކްކޮށް ބެލުމާއި ، އުވާލާ ތަންތަނާއި ، އަލަށް ރަޖިސްޓްރީ ކުރާ ތަންތަނުގެ މައުލޫމާތު މިނިސްޓްރީއަށް ފޮނުވުން.

9-      ކައުންސިލުން ކުރިއަށްގެންދާ ކުނި އުކާލުމުގެ ނިޒާމް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ އެންމެހާމަސައްކަތްތައް ސެކެޓްރީޖެރަލްގެ ލަފާގެ މަތިންކުރިއަށް ގެންދިއުން .

10-  ކުނިއުކާލުމަށްރަޖިސްޓްރީ ކުރާމީހުންގެ ދަފްތަރުބެލެހެއްޓުމާއި ، މި ނިޒާމް ހަރުދަނާކުރުމަށް ހަދަންޖެހޭ އުސޫލްތައް ސެކެޓްރީޖެނެރަލްގެ ލަފާގެ މަތިންއެކުލަވާލާ ކުރިއަށް ގެންދިއުން .

11-  ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މަސައްކަތްތަކުގައި އެހީވުން.

12-  މަގުކޮނުމުގެ ހުއްދައަށް އެދޭފަރާތްތަކަށް ހުއްދަ ދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދުނުން.

13-  ވެކްޓަރ ބޯންގެ އެންމެހާ މަސައްކަތްތައް ކައުންސިލްއިދާރާއިން އަންގާގޮތަކަށް ކުރިއަށް ގެންދިއުމަށް ސެކްރެޓަރީ ޖެނެރަލްއަށް އެއްބާރުލުން ދީ ޖަވާބުދާރީވުން .

14-  މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ އިވެންޓްތަކާއި ، ހަވާލްކުރެވޭ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން .

15-  ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

16-  ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން .

 

މަޤާމުގެ ޝަރުތުތައް

1  - ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދައްވެގެން ' ޑީ ' ގުރޭޑް ލިބިފައިވުމާއިއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޚާންގައި ' ދިވެހި ' މި މާއްދާއިން ދައްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން

 

މަސައްކަތުގެ ދާއިރާ

  1 - އެޑްމިނިސްޓްރޭޝަން .

  2 – މެނޭޖްމަންޓް .

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1.   ފުރިހަމަކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( މި ފޯރމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ . )

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ، ނުވަތަ އައިޑީ ކާރޑް ގެއްލިފައިވާނަމަ ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް ، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4. ސިވިލްސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .

5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ :'

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިންބޭރުގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ :، ނުވަތަ ސެޓްފިކެޓް ނެތްހާލަތްތަކުގައި ، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީން ދޫކޮށްފައިވާ އެމްކިޔުއޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސް ކްރިޕްޓްގެ ކޮޕީ

(ށ) މަތީތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ

 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ؛

( ހ ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

( ށ ) އަމިއްލަކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާއަދާކުރިމުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

( ނ ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާއަދާކުރި މުއްދަތާއި ( އަހަރާ މަހާއިދުވަސްއެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި މަސްއޫލިއްޔަތު އަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން . ( މި ލިޔުމުގައި ވަޒީފާއަދާކޮށްފައިވާ މަޤާމްއަކީ މުސާރަދެވޭ މަޤާމްއެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ . ނުވަތަ ބަދަލުގައި އެކަންބަޔާންކޮށް އެތަނަކުންދޫކޮށްފައިވާ ރަސްމީ ލިޔުމެއްހުށަހަޅަންވާނެއެވެ .)

( ރ ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި ، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ،  ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތުމަޤާމު ތަކުގައި  ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް .

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

% އިންސައްތަ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމް

ލިބިފައިވާ ތައުލީމް

35

15

15

މަސައްކަތު ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭތަޖުރިބާ

20

10

10

ލިބިފައިވާ ހުނަރު

 

އިމްތިޚާން / ޕްރެކްޓިކަލްސް

އިންޓަވިއު

50

100

25

50

75

ޖުމްލަ

205

100

100

ނޯޓް : މި މަޤާމަށް އައްޔަންކުރެވޭނީ ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާބަޔަކުން ، ޖުމްލަ % 35 ( ތިރީސް ފަހެއް އިންސައްތަ ) އިންފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ .

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

 

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 25 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިލަދުންމަޑުލުއުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާއަށެވެ . ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލްގެ މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ . ( އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ އިދާރާއަށް މެއިލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ . )

[email protected] އީމެއިލް އެޑްރެސް :

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމް އަދި ލިޔުންތައް  ބަލައިގަނެވޭނެއެވެ .

ފެކްސް ނަމްބަރަކީ (6540047) އެވެ.

ޝޯޓްލިސްޓްކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓްލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ .

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 މާރޗް  2021 އާއި 07 އޭޕްރީލް  2021

އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ . ވުމާއެކު، މި ވަޒީފާއަށްކުރިމަތިލާ  ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

  

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާއްމުކުރުން

FORM ( A2 )

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( އޭޓޫ ފޯމް ) އާއްމުކޮށް ފެންނަންހުންނާނޭހެން މި އިދާރާގެ ނޯޓިސް ބޯރޑް ، އަދި މި އިދާރާގެ ނޯޓިސް ބޯރޑް ވައިބަރ ގުރޫޕްގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ އޭޓޫ ޝީޓް އާއްމުކުރާ ދުވަހުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

ސިވިލްސާރވިސް ގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލްތައް ، އަދި އެއުސޫލްތަކާއުގުޅުންހުރި އެންމެހާލިޔުންތައް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓްގެ ޑައުންލޯޑްސް ގެ " އައްޔަންކުރުމުގެ އުސޫލާއި ގުޅޭ "  usoolu) (http://www.csc.gov.mv/dv/recruiment- އިން ލިބެންހުންނާނެއެވެ .

 

ލިންކް : (http://www.csc.gov.mv/dv/recruiment-usoolu )  އައްޔަންކުރުމުގެ އުސޫލް (http://www.csc.gov.mv/dv/recruiment-usoolu ) ވެބްސައިޓުން ލިބެންހުންނާނެއެވެ .

18 މާރިޗު 2021