ދިވެހިރާއްޖެ
ނަންބަރު:(IUL)421/421/2021/04
އިޢުލާން |
ކުޑަކުދިންގެ ޕާކުގައި ޓާރފް އެޅުން
މިރަށުގައި ހަދާފައިވާ ކުޑަކުދިންގެ ޕާކުގައި ޓާރފް އަޅައިދޭން ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވުން |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
25 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް |
29 މާރޗް 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
05 ޝަޢުބާން 1442
18 މާރޗް 2021
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސް