ދިވެހިރާއްޖެ
(IUL)38-CA/38/2021/113 : ނަންބަރު
އިޢުލާން
2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި
ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓުތަކުގައި ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހަމަވި އިރު ވޯޓުފޮށި ބެހެއްޓޭ އަދަދަށްވުރެ މަދުން ބައެއް ރިސޯޓުތަކަށް
ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާތީ، ތިރީގައި މިދަންނަވާ ރިސޯޓުތަކުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ކޮމިޝަނުން ނިންމައިފީމެވެ. އަދި މި ރިސޯޓުތަކުގައި ދިރިއުޅޭ އަދި
މަސައްކަތްކުރާ ދިވެހި ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި
ވޯޓުލުމަށްޓަކައި އަލުން ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމުގައި ދަންނަވަމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުފޮށި ނުބަހައްޓާ ރިސޯޓުތައް
|
ރަށުގެ ނަން |
ވޯޓުފޮށީގެ ނަން |
ފޮށީގެ ކޯޑު |
# |
|
ބ. ކިހާދުއްފަރު |
ކިހާ މޯލްޑިވްސް-1 |
Z132.1 |
1 |
|
ޅ. މަދިގުރައިދޫ |
ޕާމް ބީޗް އައިލެންޑް ރިސޯރޓް އެންޑް ސްޕާ -1 |
Z73.1 |
2 |
|
ރ. ކޮއްޓެފަރު |
ބްރެނިއަރ ކޮއްޓެފަރު-1 |
Z140.1 |
3 |
|
އދ.ތެލުވެލިގާ |
ޑްރިފްޓް ތެލުވެލިގާ-1 |
Z145.1 |
4 |
|
ދ. ދޫރެސް |
އާވީ ނޭޗާރސް ޕެރެޑައިސް -1 |
Z116.1 |
5 |
ވީމާ، އިސްވެ ބަޔާންކުރެވިފައިވާ ތަންތަނުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ދިވެހިރައްޔިތުން، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި،
ރަޖިސްޓަރީ ކުރުމަށް ހުޅުވާލާ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
04 ޝަޢުބާން 1442