ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AS/1/2021/58
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 17:23
ސުންގަޑި: 24 މާރިޗު 2021 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުން

އިއުލާން

"ރިޑަންޑެންސީ" ގެ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުން

 

ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށްޓަކައި، މި މިނިސްޓްރީއިން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)އަށް ގެނެވުނު 6 ވަނަ އިސްލާހާ ގުޅިގެން، އެ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރިޑަންޑެންސީގެ ގޮތުގައި ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންގެ މައުލޫމާތު އެއްކޮށް، އެކަމާގުޅޭ ދިރާސާއެއް ކުރުމަށް މިދަނީ ތައްޔާރު ވަމުންނެވެ.

އެހެންކަމުން، މި ދިރާސާގެ ބޭނުމަށްޓަކައި ވަޒީފާއިން ރިޑަންޑަންޓް ކުރެވިފައިވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ބޭނުންވެއެވެ.

 ވީމާ، 1 ޖެނުއަރީ 2019 ފެށިގެން، ވަޒީފާއިން ރިޑެންޑެންޓް ކުރެވިފައިވާ ފަރާތްތަކުން، 24 މާރިޗު 2021 ކުރިން، އެކަން މިނިސްޓްރީއަށް ސިޓީއަކުން އަންގަވައިދެއްވުން އެދެމެވެ. ނުވަތަ، މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

17 މާރިޗު 2021