މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/MMPRC/2021/14
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 25 މާރިޗު 2021 11:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އިޢުލާން

                                                              ނަންބަރު : IUL)MMPRC-PRO/MMPRC/2021/14)

އިޢުލާން

2021 ވަނަ އަހަރު މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ޓޫރިޒަމް ޕްރޮމޯޝަނަލް އިވެންޓްތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭނުންކުރާނެ ފޮތެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2021 މާރިޗު 03 ގައި ކޮށްފައިވާ ނަންބަރު: (IUL)MMPRC-PRO/MMPRC/2021/12 އިޢުލާނުގެ މުއްދަތު ހަމަވެ އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެ ފުރުސަތު އަލުން ހުޅުވާލަމެވެ. މިފޮތަކީ ކުޑަކުދިންނަށް އަމާޒުކޮށް ގެން ތައްރުކުރުމަށް ބޭނުންވާ ފޮތެކެވެ. މިގޮތުން މިފޮތުގެ އިލަސްޓްރޭޝަން، ލޭއައުޓް އަދި ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ،  މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 މާރިޗް 25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 2 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 މާރިޗް 31 ވާ ބުދަ     ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2021 މާރިޗް 30 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ސަބްޖެޓް: ޓޭލްސް އޮފް މޯލްޑިވްސް

އީމެއިލް އެޑްރެސް: [email protected] copy to [email protected]

ނަން: ފާތިމަތު ރަހީލް

މަޤާމް: ޑިރެކްޓަރ

                      04  ޝަޢުބާން 1442

                      17   މާރިޗު   2021

17 މާރިޗު 2021