ދިވެހިރާއްޖެ
މެޖިސްޓްރޭޓުންގެ ތެރެއިން ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުވާން އެދޭ މެޖިސްޓްރޭޓުންނަށް އެފުރުސަތު ހުޅުވާލުން |
ނަންބަރު: (IUL)195-C/1/2021/11 |
ތާރީޚް: 16 މާރިޗު 2021 |
|
މިހާރު މެޖިސްޓްރޭޓުންގެ ގޮތުގައި ތިއްބެވި މެޖިސްޓްރޭޓުންނަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމަށް ބަދަލުވުމުގެ ފުރުސަތު " ފަނޑިޔާރުން އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 3 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ހުޅުވާލުމަށް ކޮމިޝަނުން ނިންމާފައިވާތީ އެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ އެ ކޯޓަކަށް ބަދަލުވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކޯޓަށް ބަދަލުވުމަށް އެދޭ ސަބަބު ބަޔާންކޮށް، 2021 މާރިޗު 23 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި ކޮމިޝަނަށް ސިޓީ ފޮނުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި ގޮތަށް ފުރުސަތު ހުޅުވާލުމުން ކުރިމަތިލާ ފަރާތްތައް ކޯޓު ބަދަލުކުރުމުގައި އެ މެޖިސްޓްރޭޓަރަކު މިހާރު ހުރި ކޯޓާއި އެ ކޯޓު ހިމެނޭ ކްލަސްޓަރގައި ތިބި ފަނޑިޔާރުންނަށާއި އަދި އެ ކްލަސްޓަރގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައިގެ ނިސްބަތަށް ރިޢާޔަތް ކުރެވޭނެއެވެ.
|