ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2021-47
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 23 މާރިޗު 2021 15:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ހދ.ކުޅުދުއްފުށި)

މިކޯޕަރޭޝަންގެ ހދ.ކުޅުދުއްފުށީ ޕްރޮޖެކްޓް ސައިޓަށް ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 ޕްރޮޖެކްޓް އެސިސްޓަންޓް

 ބޭނުންވާ އަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ

 މަހަކު -/4000  ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/1600ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހދ.ކުޅުދުއްފުށި ޕްރޮޖެކްޓް ސައިޓް

 ފެންވަރު ނުވަތަ ޝަރުތު:

 - ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،

 - ގްރޭޑް 10 ނިންމާފައި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،

 - މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް ލިބިފައިވުން.

 އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ސައިޓުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ހާޒިރީގެ ކަންތައްތައް ބެލެހެއްޓުން.

 - މަސައްކަތާއި ގުޅިގެން ރަށުގެ އެކިއެކި އިދާރާތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުން.

 - ސައިޓުގެ މަސައްކަތް ކުރިއަށްދާގޮތުގެ މައުލޫމާތު ދުވަހުން ދުވަހަށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

 - ޕްރޮޖެކްޓާއިބެހޭ ގޮތުން ސައިޓުން ހަދަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހަދާ ބެލެހެއްޓުން.

 މަޤާމް:

 ސުޕަވައިޒަރ

 ބޭނުންވާ ޢަދަދު:

 03 (ތިނެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް (1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު)

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

 މުސާރަ:

 މަހަކު -/7,000  ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -2800/-ރ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ހދ.ކުޅުދުއްފުށީ ޕްރޮޖެކްޓް ސައިޓް

 ފެންވަރު ނުވަތަ ޝަރުތު:

 - މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތު ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 - ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 - މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

 އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ޕްރޮޖެކްޓް ހިނގަމުންދާއިރު އަމަލީ ގޮތުން މަސައްކަތް ކުރިއަށްދާގޮތް ބަލައި، މަސައްކަތުގެ ތާވަލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށްދޭތޯ ބެލުން. 

 - މަސައްކަތްކުރާ މުވައްޒަފުންނާއި، މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭކަން ޔަގީންކޮށް ބެލެހެއްޓުން.

 - މަސައްކަތް ހިނގަމުންދާއިރު ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ އަންގަންޖެހޭ ފަރާތްތަކަށް އެންގުން.

 - ޕްރޮޖެކްޓްގެ މަސައްކަތުގެ ޝެޑިއުލް އާއި އެއްގޮތަށް ކުރިއަށް ގެންދިއުން.

 ސުންގަޑި:

 - މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 23 މާރިޗު 2021 ވާ އަންގާރަ  ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެމަޤާމަކާއި ގުޅޭ  ގޮތުން ލިޔުންތައް ހުށަހަޅަންޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، މާރިޗު މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

03 ޝަޢުބާން 1442

16 މާރިޗު  2021

16 މާރިޗު 2021