ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343/343/2021/ 17
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 21 މާރިޗު 2021 16:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދާއި،މަގުތަކާއި ގޯޅިތައް ސާފްކުރުމާއިގުޅޭ:

އިޢުލާން

 

ބަނދަރު ސަރަހައްދާއި،މަގުތަކާއި ގޯޅިތައް ސާފްކުރުމާއިގުޅޭ:

 

ރަށުގެ ބަނދަރުގެ އެކިހިސާބުތަކުގައި އެއްވެސް ތަރުބީބެއްނެތި ތަކެތި ބަހައްޓާފައިހުރުމާ، އަދި ބަނދަރު ވަށައިގެންވާ ސަރަހައްދު ވަރަށްބޮޑަށް ހަޑިވެ ބަނދަރުގެ ވަށައިގެންވާ ސަރަހައްދުގެ ސާފްތާހިރުކަން ވަނީ ގެއްލިފައެވެ.

        ވީމާ، ބަނދަރު ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި 21-03-2021 ވާ އާދިއްތަ ދުވަހުގެ ހަވީރު 16.00 ގެ ކުރިން ނަގައި ސާފުކުރުމަށް އެތަކެތީގެ ވެރިފަރާތްތަކަށް އަންގަމެވެ. ދަންނަވާފައިވާ ގަޑިއަށް ތަކެތި ނުނަގާފިނަމަ މިކައުންސިލުން އެތަކެތި ނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު ރަށުގެ ބައެއްމަގުތަކާއި، ގޯޅި ތަކުގައި ބަހައްޓާފައި ހުންނަ ޖޯލި ގަނޑާއި، އެހެނިހެން ތަކެތި ދާއިމީގޮތަކަށް އެތަންތަނުގައި ބަހައްޓާގެން ބޭނުންކުރަމުންގެންދާކަންވަނީ ފާހަގަކުރެވިފައެވެ.

        އެހެންކަމުން ރަށުގެ މަގުތަކާއި،ގޯޅިތައް އަދި ބަނދަރު ސަރަހައްދު ސާފު ކޮށް ބޭއްވުމަށްޓަކައި  އެންމެހައި ފަރާތްތަކުގެ އެއްބާރުލުން މިކައުންސިލަށް ބޭއްނުންވެއެވެ.

 ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރަމެވެ.

03 ޝައުބާން  1442

 16 މާރިޗް   2021

16 މާރިޗު 2021