ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-AS/2021/15:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 27 މާރިޗު 2021 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ބަލަހައްޓަމުންދާ ބަނދަރުގައިވާ 20 ރުކާއި މާލިޔާ ރުއްގަނޑުގައިވާ 25 ރުކާއި ޕޮލިސް އުތުރުގައިވާ 11 ރުއް ވަރުވާ އުޞޫލުން ދޫކުރުމަށް ބޭނުންވެއްޖެއެވެ.

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ         

       އުނގޫފާރު ، ދިވެހިރާއްޖެ                                                 ނަންބަރު: IUL-303-AS/2021/15          

އިޢުލާން

މިކައުންސިލުން ބަލަހައްޓަމުންދާ ބަނދަރުގައިވާ 20 ރުކާއި މާލިޔާ ރުއްގަނޑުގައިވާ 25 ރުކާއި ޕޮލިސް އުތުރުގައިވާ 11 ރުއް ވަރުވާ އުޞޫލުން ދޫކުރުމަށް ބޭނުންވެއްޖެއެވެ.

                     

           މިކައުންސިލުގެ ބެލުމުގެ ދަށިގައި ބަނދަރު ސަރަހައްދުގައިވާ 20 ރުކާއި މާލިޔާ ރުއްގަނޑު ސަރަހައްދުގައިވާ 25 ރުކާއި ޕޮލިސް އުތުރުގައިވާ 11 ރުއް ވަރުވާ އުޞޫލުން 2 އަހަރު ދުވަހަށް ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 21 މާރިޗް 2021ވާ އާދިއްތަ ދުވަހުގެ 11:30ގައި މިއިދާރަގައެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 24 މާރިޗް 2021 ވާ ބުދަ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ވަރުވާ އުޞޫލުން 3 ރުއްގަނޑު ބަލަހައްޓައި ދިނުމަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. 3 ރުއްގަނޑު ވަރުވާ އުޞޫލުން ބަލަހައްޓައި ދިނުމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ވަރުވާ އުޞޫލުން ރުއްގަނޑު ބެލެހެއްޓުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.             

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.                 

ތިރީގައި އެވަނީ 3 ރުއްގަނޑު ވަރުވާ އުޞޫލުން ކުއްޔައް ހިފުމަށް އެފޭފަރާތްތަކަށް ދެވޭ މާކުސްއެވެ.

  1. ވަރުވާ އުޞޫލުން ރުއްގަނޑު ހިފުމަށް ހުށަހަޅާ އަގަށް (ސަތޭކަ މާކުސް)          

        ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

        03 ސަޢުބާން  1442

        16  މާރިޗް  2021  

16 މާރިޗު 2021