ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު މަސްޖިދުއް ނޫރު އަދި މަސްޖިދުއް ތަޢާލުފްގައި ކުރަން ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ނަންބަރު (IUL)301/301/2021/25 އިޢްލާނަށް އިޖާބަދީ ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢްލާން ބާތިލްކޮށް ރ. އަނގޮޅިތީމު މަސްޖިދުއް ނޫރު އަދި މަސްޖިދުއް ތަޢާލުފްގައި ކުރަންހުރި ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 02ވަނަ ފަހަރަށް އިޢްލާން ކުރަމެވެ.
މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2021 މާރޗް 21 ވާ އާދިއްތަ ދުވަހުގެ 13.15އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 16 މާރޗް 2021 އިން ފެށިގެން ބަންދު ނޫން ކޮށްމެ ދުވަހެއްގެ 8.30 ން 12.00 އާދެމެދު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަގީ -/150ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 މާރޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައެވެ.
މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓިއާއި ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.
ނޯޓް: މިއިދާރާގެ ނަންބަރު (IUL)301/301/2021/25 އިޢްލާނަށް އިޖާބަދީ ބިޑްފޮތް ބައްލަވައިގެން ފަރާތްތަކުން ބިޑްހުށަހަޅާނަމަ އެ ބިޑްފޮތް ބޭނުން ކުރެވޭނެއެވެ. އެހެންނަމަވެސް މައުލޫމާތު ސާފުކޮށްދޭ ޝެޝަނަށް ހާޞިރު ވާންވާނެއެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު %85
- މަސައްކަތުގެ މުއްދަތު
- ތަޖްރިބާ %5
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.