ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)343/343/2021/ 15
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 23 މާރިޗު 2021 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ އަދި ރިސެޕްޝަން ކައުންޓަރާއެކު މުވައްޒަފުންގެ އިދާރީ ކެބިންސްޓޭޝަންތައް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

 

ކައުންސިލް އިދާރާގެ ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާ އަދި ރިސެޕްޝަން ކައުންޓަރާއެކު މުވައްޒަފުންގެ އިދާރީ ކެބިންސްޓޭޝަންތައް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

 

މިއިދާރާގެ ޖާގައިގެ ދަތިކަންފިލުވުމަށާ މުވައްޒަފުންގެ އިދާރީ ކެބިން ސްޓޭޝަންތަކާ ފައިލްރެކެއް އިދާރާއިންދޭ ޑިޒައިނާ އެއްގޮތަށް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތްތައް ކުރަންވީގޮތުގެ ކުރެހުމާ ޑިޒައިންގެ ތަފްސީލީ މަޢުލޫމާތު މިއިދާރައިން ލިބެންހުންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ނުވަތަ މިމަސައްކަތަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓާ ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެމަޢްލޫމާތާ އެއްގޮތަށް މަސައްކަތް ކޮށްދެވޭނެއަގު ބަޔާންކޮށް 23 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިޢިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މިގޮތުން ހުށަހެޅޭ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ގަޑީގައި ، ހުށަހަޅާފަރާތްތަކުގެ ހާޟިރުގައެވެ. ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ހުށަހަޅުއްވާނަމަ ކުންފުނީގެ ފަރާތުން ފޮނުވާފަރާތެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

ފޯކަލްޕޮއިންޓަކަށް ހަމަޖައްސާފައިވާނީ މިއިދާރައިގެ އެކްޓީންގ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޢުމަރު 9911266 އެވެ.

 ވީމާ، މިކަން އެންގުމަށްޓަކައި އާއްމުކޮށް އިޢުލާން ކުރަމެވެ.

02 ޝައުބާން   1442

 15 މާރިޗް   2021

03 މާރިޗު 2021