ނީލަން
ނަންބަރު: (IUL)279/2021/9
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 31 މާރިޗު 2021 00:00
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުމަތިން ހޮވައިގެން ގެނެސްފައިވާ މަސްބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުމާއި ގުޅޭ

އިޢުލާން

ކަނޑުމަތިން ހޮވައިގެން ގެނެވިފައިވާ މަސްބޯޓެއް ސިޓީލާ ނީލަމުގައި ވިއްކާލުމާއިގުޅޭ 

 ށ.މަރޮށީ "ފާގަތި-1" ކިޔާ ޑިންގީ ކަނޑުމަތިން ހޮވައިގެން ގެނެސްފައިވާ މަސްބޯޓު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

 ނީލަންފެށޭ އަގަކީ 50000.00ރ (ފަންސާސްހާސް ރުފިޔާ) އެވެ. ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 5000.00ރ (ފަސްހާސް ރުފިޔާ) އެވެ. ބޯޓު ގަތުމަށް، ހުށަހަޅުއްވާ ސިޓީގައި ބޯޓު ގަތުމަށް ހުށަހަޅާ އަގު ދިވެހި ރުފިޔާއިން ބަޔާންކުރަންވާނެއެވެ. އަދި ހުށަހަޅުއްވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ [email protected]  އަށެއެވެ.

 މިބޯޓު ގަތުމަށް އެދި ސިޓީ ހުށަހަޅުއްވާނީ މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާއަށެއެވެ. އަދި މިނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު މިއިޢުލާންގެ މުއްދަތުގެ ތެރޭގައި ރަސްމީކޮންމެ ދުވަހެއްގެ 14:00 ގައި އެދުވަހެއްގައި ހުށަހެޅިފައިވާ އެންމެމަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ފެންނާނެވެ. ޖެހިޖެހިގެން 03 ދުވަހު (ރަސްމީ 03 ދުވަހު) އެއްއަގެއްގައި އޮވެއްޖެނަމަ އެންމެތީ އަގު ހުށަހަހެޅި ފަރާތަށް ނީލަން ކާމިޔާބުވާނެއެވެ.

 ނީލަން ކާމިޔާބު ކުރާ ފަރާތުން ރަސްމީ 03 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، ނީލަން ބާޠިލުކުރެވޭނެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރ: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.

 އެހެންކަމުން، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.        

         15 މާރިޗް 2021

15 މާރިޗު 2021