ދިވެހިރާއްޖެ
މި ރަށުގެ ކުނިކޮށީގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުން ޤާއިމްކޮށްފައިވާ "ވޭސްޓް ބާރނާ" އަޕްގްރޭޑް ކުރުމަށްޓަކައި އިތުރަށް ކުރަންވެފައި ހުރި މަސައްކަތްތައް މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރ (IUL)410-P/410/2021/4 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުންތައް ފުރިހަމަ ނުވާތީ އެ ނަންބަރު އިޢުލާން ބާތިލްކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
18 މާރޗް 2021 |
ބުރާސްފަތި |
13:15 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
23 މާރޗް 2021 |
އަންގާރަ |
13:15 |
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
75% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
15% |
މަސައްކަތް ނިންމާ މުއްދަތު |
އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން
އަންދާސީ ހިސާބު ހުށަހަޅާނީ 23 މާރޗް 2021 ވާ އަންގާރަ ދުވަހުގެ 13:15ގައި މިއިދާރާއަށް ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީ ހިސާބު އެހެންފަރާތެއް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެފަރާތަކާއި އެކަން ހަވާލުކުރި ކަމުގެ ލިއުން ވަކިން ހުށަހަޅަންވާނެވެ. މިނޫން ގޮތަކަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.