މަސައްކަތް
ނަންބަރު: (IUL)322-M/322/2021/22
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި:
22 މާރިޗު 2021 09:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު
- މިރަށު ހޭލަ މޭލަ ކުޑަކުދިންގެ ޕާކު 01 އޭޕްރީލް 2021 ން 31 މާރިޗު 2022 ގެ ނިޔަލަށް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- މިމަސައްކަތާގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 21 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 22 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 09:30 ގައި މިއިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- މިމަސައްކަތާބެހޭ މަޢުލޫމާތު ޝީޓު އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މިއިޢުލާނާއެކު ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ. އަދި މިއިދާރާއަށް ދުރުވުމުން މިއިދާރާއިންވެސް ލިބޭނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ/ ބ. ހިތާދޫ
ފޯން: 6600007
އީމެއިލް: [email protected]
15 މާރިޗު 2021