މަސައްކަތް
ނަންބަރު: GS196/IUL/2021/06
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 21:14
ސުންގަޑި: 23 މާރިޗު 2021 12:00
ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ސެކިއުރިޓީ

މަޤާމް: ސެކިއުރިޓީ

ބޭނުންވާ އަދަދު: 03 (ތިނެއް)

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް

ވަޒީފާގެ ގިންތި: ވަގުތީ

މުއްދަތު: 09 މަސްދުވަސް (01 އެޕްރީލް 2021 އިން 31 ޑިސެމްބަރ 2021 އަށް)

މުސާރަ: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 166.66 ރުފިޔާގެ ރޭޓުން މަސްދުވަހަށްވާ މިންވަރު (އެއްމަސްދުވަހުގެ މަސައްކަތަށް ނުކުތުމުން ޖުމްލަ 5000 ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބްތައް:

  1. ސްކޫލުގެ ޢިމާރާތާއި ގޯތީގެ ހުރިހާ ސަރަހައްދެއްގެ ސެކިޔުރިޓީ ބެލެހެއްޓުން
  2. ސްކޫލުގެ ގޯތިތެރޭގައިވާ ގަސްތަކަށް ފެންދީ  ބެލެހެއްޓުން
  3. ސްކޫލުން ކުރިއަށް ގެންދާ ޙާއްސަ މުނާސަބަތުތަކުގައި އެހީތެރިވުން
  4. ސްކޫލްގެ ޤައުމީ ދިދަ އާއި ސުކޫލުގެ ދިދަ ނެގުމާއި ދިދަ ބޭލުން

މަސައްކަތުގެ ވަގުތު

ޑިއުޓީ އުޞޫލުން މިސްކޫލުން ކަނޑައަޅާ ޑިއުޓީ ތާވަލާއ އެއްގޮތަށް ގިނަވެގެން ކޮންމެ 24 ގަޑިއިރަކުން 8 ގަޑިއިރު ޑިއުޓީ. އަދި ހަފްތާއަކު 1 ދުވަސް އޮފް ދުވަހެއްގެ ގޮތުގައި ލިބޭނެއެވެ. 

މަޤާމުގެ ޝަރުތުތައް:                                                                    

  • ގްރޭޑް 5 ފެންވަރުހުރުމާއެކު އުމުރުން 65 އަހަރު ފުރިފައިނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1- ވަޒީފާއަށް އެދޭ ސިޓީ

2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތުހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

5- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތުގެ ތަޖުރިބާ
  • ލިބިފައިވާ ހުނަރާއި  ޤާބިލުކަން ހުރި މިންވަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މާރޗް 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ގއ.ކޮނޑޭ ސުކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މިޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 23 މާރޗް  2021 އިން 31 މާރޗް 2021 އާއި ދެމެދުގެ ތާރީޙެއްގައި ގއ.ކޮނޑޭ ސުކޫލުގައެވެ.

ޝޯޓްލިސްޓްކުރުން:

   މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

   (މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު  10   އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.)

އިތުރު މަޢުލޫމާތު ހޯދުން:

މި މަޤާމަކީ ސިވިލްސާރވިސްގެ މަޤާމެއް ނޫނެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ގއ.ކޮނޑޭ ސުކޫލުއިން އަބްދުﷲ ކިނާނަތު ޤާސިމް، 9997547 އާއިއެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ނޯޓް:

  މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ މަތިން މާރކްސް ލިބޭ 4 ފަރާތަކާއެކު މިސްކޫލުން ކޮންޓްރެކްޓްކުރެވޭނެއެވެ. 

  -  މިވަޒީފާއަށް ހޮވޭ ފަރާތްތަކުން 7 ދުވަސްތެރޭގައި ޕޮލިސްރިޕޯރޓް ސްކޫލަށް ހުށަހަޅަންވާނެއެވެ.

 

14 މާރިޗު 2021