މަސައްކަތް
ނަންބަރު: (IUL)404-ESMS /2021/11
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 29 މާރިޗު 2021 11:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ހިތަދޫގައި ފުޓްސަލް ދަނޑެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ

ލ.ހިތަދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

       ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މާރޗް 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާ އަށް ދުރުވެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު، 29 މާރޗް 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިމަސައްކަތްކުރުމަށް ބިޑް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       އަންދާސީ ހިސާބު އަދި ބޭނުންވާ އެންމެހާ ލިޔުންތައް ހުށައަޅުއްވަންވާނީ، ބަންދު ކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެހުގެ އިތުރުން "ލ.ހިތަދޫ ފުޓްސަލް ދަނޑެއް އެޅުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ، އަންދާސީ ހިސާބު ހުށައެޅުއްވި ފަރާތްތަކުގެ ހާޒިރުގައި، ދެންނެވިފައިވާ ގަޑީގައެވެ. މައުލޫމާތު ސާފުކުރާ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

                  ވީމާ، މިކަންޢާއްމުކޮށްއަންގަ އިޢުލާންކުރީމެވެ.

                01 شَعُبَان 1442

                             14  މާރޗް 2021

 

            

 

                                                      ނާފިޛު ޙުސައިން

                                                    ކައުންސިލްގެ ރައިސް

          

14 މާރިޗު 2021