ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-C/327/2021/269
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 21 މާރިޗު 2021 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްތަޤްވާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް )2 ވަނަ ފަހަރަށް ކުރެވޭ އިއުލާން)

      ނައިފަރު މަސްޖިދުއްތަޤްވާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި އިޢުލާނު ނަންބަރު: (IUL)327-C/327/2021/254 ގައިވާ ބިޑު ބާތިލްކޮށްފައިވާތީ އަލުން މި ފުރުސަތު ހުޅުވައިލާ އިޢުލާނު ކުރީމެވެ. ވީމާ، ނައިފަރު ކައުންސިލް އިދާރާއިން މިއިޢުލާނާއި އެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް މަސްޖިދުއް ތަޤްވާ މަރާމާތުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ބިޑް ޑޮކިއުމަންޓްސް ދޫކުރުން

މިއިޢުލާނާއި ގުޅިގެން ޢާންމުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް،15މާރޗް 2021 ވަނަ ދުވަހުން ފެށިގެން 21މާރޗް 2021 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ 09:00 ން 12:00 އާއި ހަމައަށް ނައިފަރު ކައުންސިލް އިދާރާގެ ބަޖެޓް ޔުނިޓުން ލިބެންހުންނާނެއެވެ. ބިޑް ޑޮކިއުމެންޓް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

އޮންލައިން ކޮށް ބިޑް ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 7705700335001 އެކައުންޓަށް ފައިސާ ޖަމާކޮށް 7988627 ސްލިޕް ކޮޅު ވައިބާ ކުރުމުން ބިޑް ޑޮކިއުމެންޓް ފޮނުވާދެވޭނެއެވެ.

ޕްރީބިޑް މީޓިންގ

މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 21 މާރޗް 2021 ވާ އާދީއްތަ ދުވަހު 13:00 ގައި މަލްޓިޕާޕަސް ބިލްޑިންގ މީޓިންގ ރޫމްގައެވެ. ޕްރީ ބިޑް މީޓިންގްގައި ބައިވެރިނުވާ ފާރާތްތަކަށް މި ބީލަމަށް ކުރިމަތިނުލެވޭނެއެވެ. ޕްރީ ބިޑް މީޓީންގްއަށް ހާޒިރުނުވެވޭނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ.

ބިޑް އޯޕަން މީޓިންގ

އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 28 މާރޗް 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގެ މީޓިން ރޫމްގައެވެ. ހުށަހަޅުއްވާ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

14 މާރިޗު 2021