ދިވެހިރާއްޖެ
ނަންބަރު: (IUL)345-CAA/345/2021/63
އިޢުލާން
|
މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބަކަރިތައް ވިއްކާލުމަށް ކުރެވުނު އިޢުލާން ނަމްބަރ (IUL)345-CAA/345/2021/44 އާ ގުޅިގެން ލިބުނު އަންދާސީ ހިސާބުތައް މަދުކަމަށްވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން:
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އއ.މާޅޮސް ކައުންސިލުގައި ބީލަން ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އިޢުލާން ކުރެވޭ ދުވަހުން ފެށިގެން އިން 23 މާރިޗު 2021 ވާ އަންގާރަ އާއި ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާއި ދެމެދުއެވެ. އަދި އއ.މާޅޮސް ކައުންސިލަށް ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ޕްރީބިޑް ބައްދަލުވުން:
މި މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 24 މާރިޗު 2021 ވާ ބުދަ ދުވަހު 10:00 ގައި، އއ.މާޅޮސް ކައުންސިލްގެ އިދާރާ، އއ.މާޅޮސް، ދިވެހިރާއްޖެ ގައެވެ.
ބިޑް ހުޅުވުން:
މި މަޝްރޫޢުގެ ބިޑް ހުޅުވުން އޮންނާނީ 30 މާރިޗު 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި އއ.މާޅޮހު ކައުންސިލް ޢިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ގުޅުއްވާނީ 29 މާރިޗު 2021 ވާ (ހޯމަ) ދުވަހުގެ 11:00 ގެ ކުރިން، 6660059 އަށެވެ.