ދިވެހިރާއްޖެ
އިޢުލާން ނަންބަރ (IUL) 438-ENV/438/2021/47 ގެ އެޑެންޑަމް 1
އިއުލާން ނަންބަރު |
(IUL) 438-ENV/438/2021/47 |
އިއުލާނުގެ ތާރީޚް |
07 މާރިޗު 2021 |
ބީލަމުގެ ނަން |
އަރި އަތޮޅުގައި ހިމެނޭ ތިމާވެށީގެ ގޮތުން ޙާއްސަ 16 ސަރަހައްދެއްގެ "އިކޮލޮޖިކަލް ސާވޭ" ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮންސަލްޓެންސީ ހިދުމަތުގެ ބީލަން ހުށަހެޅުމުގެ ދައުވަތު |
މި މިނިސްޓްރީން 07 މާރިޗު 2021 ގައި ކުރި (IUL) 438-ENV/438/2021/47 ނަންބަރު އިއުލާނާއެކު އޭޓޭޗްކުރެވިފައިވާ މައުލޫމާތު ކަރުދާހަށް ތިރީގައިވާ ބަދަލުތައް ވަނީ ގެނެވިފައެވެ.
މައުލޫމާތު ޝީޓްގެ "ބީލަން ހުށަހަޅަންޖެހޭ ގަޑި" |
28 މާރިޗު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން |
ޢިޢުލާންގެ ޓާމްސް އޮފް ރިފަރެންސް އަށް ގެނެވިފައިވާ ބަދަލުތައް |
ސެކްޝަން 1 (ސަފްހާ 1) ގެ "ޑެލިވަރަބަލްސް" އަށް ޑްރޯން މެޕް ވަނީ އިތުރުކުރެވިފައެވެ. ސެކްޝަން 9 (ސަފްހާ ނަންބަރު 4) ގެ ސެލެކްޝަން ކްރައިޓީރިއާ ގައި މާކުސް ދޭ ގޮތަށް ވަނީ ބަދަލުގެނެވިފައެވެ. ސެކްޝަން 12 (ސަފްހާ ނަންވަރު 5) ގައި އެޕްލިކޭޝަން ހުށަހަޅާއިރު ހުށައަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި "ސާވޭ ގެ މެތަޑޮލޮޖީ" އިތުރުކުރުން އެންކްސް 1 (ސަފްހާ ނަންބަރު 6) ގައި ސާވޭ ކުރަންޖެހޭ ސައިޓުތަކުގެ ލިސްޓަށް ވަނީ ބަދަލުގެނެވިފައެވެ. އެންކްސް 2 (ސަފްހާ ނަންބަރު 8 ) ގައި ސާވޭ ކުރުމަށް ހުށަހަޅާ "މެތަޑޮލޮޖީ" ތައްޔާރުކުރުމާއި ބެހޭ އިތުރު މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ. |
މިހެންވެ، މައުލޫމާތަށްޓަކާ މިވާހަކަ ދެންނެވީމެވެ. އިސްލާހުކޮށްފައިވާ މައުލޫމާތު ޝީޓު މި އިއުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.