ވަޒީފާގެ ފުރުޞަތު
ނަންބަރު: 276-A/2021/52
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 22 މާރިޗު 2021 00:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އާބިދާތި މިސްކިތަށް މަސައްކަތު މީހަކު ހޯދުން

ށ.ބިލެތްފަހީ ކައުންސިލް އިދާރާގެ މިސްކިތު  މަސައްކަތު މީހެއްގެ މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަމްބަރ

J-332491

ބޭނުންވާ ޢަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ / މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ މަސްޖިދުލް އާބިދާތި

މުސާރަ

3100.00 ( ތިންހާސް އެއްސަތޭކަ ރުފިޔާ ) މަހަކު

ސަވިސް އެލަވަންސް

1000.00 ( އެއްހާސް ރުފިޔާ ) މަހަކު

އެހެނިހެން އެލަވަންސް

1-      ސަޕޯރޓިންގ ކޯރ އެލަވަންސް 1200.00ރ ( ބާރަސަތޭކަ ރުފިޔާ )

2-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-      ސިވިލްސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ، އަދި ރަސްމީ ބަންދު ދުވަހުގައި މަސައްކަތްކުރާތީ ދެވޭ ބަންދު ދުވަހުގެ އެލަވަންސް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

1-      ރަށުކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ކަނޑައަޅާމިސްކިތެއްގައި އިމާމު / މުދިމު އަންގަވާ ގޮތެއްގެ މަތިން މަސައްކަތް ކުރުން .

2-      ރަށުކައުންސިލް އިދާރާއިން އިންތިޒާމް ކުރާގޮތެއްގެމަތިން މިސްކިތްކުނިކަހާ،ފޮޅާސާފްކުރުމާއި ، ފެންއިސްކުރުބަރިއާއި ފާޚާނާ ދޮވެސާފްކުރުން .

3-      މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެންހުންނަ މަގުތަކުގެ މިސްކިތާވީފަޅި ، ވިނަނޮޅާ ، ކުނިކަހާ ސާފުކޮށް ، މިތަންތަނުން ނެގޭ ކުނިއުކާލުން .

4-      މިސްކިތުގެ އިމާމް އަންގަވާގޮތެއްގެ މަތިން ކޮންމެދުވަހަކުވެސް މިސްކިތަށްގޮސް ދޮރުތަކާއި ، ދޮރުފަތްތަކާއި ، ކަބަޑް ތަކާއި ، ފަންކާތަކާއި  ،ލައިޓްތައް ސާފްކުރުމާއި ، އަނދާލައިޓް ތަކާއި ، ހަލާކުވާ ލައިޓް ތައް ބަދަލުކުރުން .

5-      ކޮންމެ ނަމާދުވަގުތެއްޖެހުމުގެ 15 މިނެޓްކުރިން މިސްކިތައްގޮސް ރަނގަޅުކޮށްލަންޖެހޭކަމަށް ފާހަގަކުރެވޭ ކަންތައްތައް ރަނގަޅުކޮށް އެވަގުތަކަށް ބޭނުންވާ މިންވަރަށް ފަންކާ ނުވަތަ އޭސީތައް ޖައްސާ ، ސެޓްކޮށް ހެދުން .

6-      ބޭނުން ނުކުރާ ފަންކާތަކާއި ، އޭސީތައް ނިއްވާލުން .

7-      މިސްކިތުގެ ފެންވަޅުތަކާއި ، ޖަންކްޝަންތައް ދިޔަހިއްކާ ، މިސްކިތާއި ފެންއިސްކުރުބަރިއާއި ، މިސްކިތުގެ ދިޔަދޮވިތައް ޤަވާއިދުން ސާފްކޮށްބެލެހެއްޓުން .

8-      މިސްކިތަށް ނުވަތަ މިސްކިތުގެ އެއްވެސް އެއްޗަކަށް ގެއްލުމެއްދީފިނަމަ ، ނުވަތަ ގެއްލުމެއް ވަމުން ދާނަމަ ލަސްނުކުރަށްވާ އިމާމް / މުދިމު ނުވަތަ ރަށުކައުންސިލް ހިންގެވުމާއި ހަވާލްވެހުންނެވި އިސްފަރާތަށް އެންގުން .

9-      ރަށުކައުންސިލް އިދާރާއިންނާއި ، އިމާމް/މުދިމު ހަމަޖައްސަވާގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ، ގަސްތަކަށް ފެންދީބެލެހެއްޓުން .

10-  ކޭތަ/އީދު/ތަރާވިސް ފަދަ ޚާއްސަ ނަމާދުތަކަށް ވެސް ވަގުތުގެ 15 މިނެޓް ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތް ތައްޔާރުކުރުން .

11-  މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ހަވާލުކުރެވޭ އެންމެހާމަސައްކަތްތައް ކުރުން .

12-  މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ އިވެންޓްތަކާއި ، ހަވާލްކުރެވޭ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން .

13-  ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

14-  ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާއި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން .

 

މަޤާމުގެ ޝަރުތުތައް

1  . ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއްހާސިލް ކޮށްފައިވުން    ނުވަތަ ގުރޭޑް 6 ނިންމާފައިވުން

މަސައްކަތުގެ ދާއިރާ

  ފޮޅާސާފްކުރުން

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 1.  ފުރިހަމަކޮށްފައިވާ ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯރމް ( މި ފޯރމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ، މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ . )

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަންއަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް ، ނުވަތަ އައިޑީ ކާރޑް ގެއްލިފައިވާނަމަ ، އެފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް ، ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް

4. ސިވިލްސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .

5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ :'

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ރާއްޖެއިންބޭރުގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ :، ނުވަތަ ސެޓްފިކެޓް ނެތްހާލަތްތަކުގައި ، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި މޯލްޑިވްސް ކޮލިފިކޭޝަންއޮތޯރިޓީން ދޫކޮށްފައިވާ އެމްކިޔުއޭ އެސެސްމަންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސް ކްރިޕްޓްގެ ކޮޕީ

(ށ) މަތީތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ

  1. 6.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ ؛

( ހ ) ސިވިލްސާރވިސްގެ ވަޒީފާއެއްގައި ، ދައުލަތުގެ މުއައްސަސާއެއްގައި ، ސަރުކާރު ހިއްސާވާކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމު ތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

( ށ ) އަމިއްލަކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ ، ވަޒީފާއަދާކުރިމުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން .

( ނ ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާއަދާކުރި މުއްދަތާއި ( އަހަރާ މަހާއިދުވަސްއެނގޭގޮތަށް ) ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއްއިދާރާއެއްގެ ތަފާތު މަޤާމްތަކުގައި މަސްއޫލިއްޔަތު އަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން . ( މި ލިޔުމުގައި ވަޒީފާއަދާކޮށްފައިވާ މަޤާމްއަކީ މުސާރަދެވޭ މަޤާމްއެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ . ނުވަތަ ބަދަލުގައި އެކަންބަޔާންކޮށް އެތަނަކުންދޫކޮށްފައިވާ ރަސްމީ ލިޔުމެއްހުށަހަޅަންވާނެއެވެ .)

( ރ ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި ، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ،  ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ، ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް ) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތުމަޤާމު ތަކުގައި  ވަޒީފާއަދާކޮށްފައިވީނަމަވެސް ) ވަކިވަކިންބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް .

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއްހޮވުމަށް ބެލެވޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓް

% އިންސައްތަ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމް

ލިބިފައިވާ ތައުލީމް

25

10

10

މަސައްކަތު ތަޖްރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭތަޖުރިބާ

20

30

30

ލިބިފައިވާ ހުނަރު

އިންޓަވިއު

100

60

60

ޖުމްލަ

145

100

100

ނޯޓް : މި މަޤާމަށް އައްޔަންކުރެވޭނީ ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާބަޔަކުން ، ޖުމްލަ % 30 ( ތިރީސް އިންސައްތަ ) އިންފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ .

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި :

 

މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 22 މާރޗް 2021 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން މިލަދުންމަޑުލުއުތުރުބުރީ ބިލެތްފަހީ ކައުންސިލް އިދާރާއަށެވެ . ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ މެއިލްގެ މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ . ( އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ އިދާރާއަށް މެއިލް ލިބުނުކަން ކަށަވަރުކުރަންވާނެއެވެ . )

[email protected] އީމެއިލް އެޑްރެސް :

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމް އަދި ލިޔުންތައް  ބަލައިގަނެވޭނެއެވެ .

ފެކްސް ނަމްބަރަކީ (6540047) އެވެ.

ޝޯޓްލިސްޓްކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓްލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ .

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 މާރޗް  2021 އާއި 31 މާރޗް  2021

އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށްކުރިމަތިލާ  ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

  

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާއްމުކުރުން

FORM ( A2 )

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( އޭޓޫ ފޯމް ) އާއްމުކޮށް ފެންނަންހުންނާނޭހެން މި އިދާރާގެ ނޯޓިސް ބޯރޑް ، އަދި މި އިދާރާގެ ނޯޓިސް ބޯރޑް ވައިބަރ ގުރޫޕްގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ އޭޓޫ ޝީޓް އާއްމުކުރާ ދުވަހުންފެށިގެން ރަސްމީބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

ސިވިލްސާރވިސް ގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލްތައް ، އަދި އެއުސޫލްތަކާއުގުޅުންހުރި އެންމެހާލިޔުންތައް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެއެވެ .

 

ލިންކް : (http://www.csc.gov.mv/dv/recruiment-usoolu )

 

14 މާރިޗު 2021