އިޢުލާނު
މިއިދާރާގެ ނަންބަރު (IUL)263/263/2020/71 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް (.)
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-221061
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް.އެސް 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ (ކޯޕަރޭޓް އެފެއާރޒް)
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ހދ. ނެއްލައިދޫ ކައުންސިލްގެ އިދާރާ
|
މުސާރަ:
|
7035/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއެކު އެނިންމުންތައް ތަންފީޒުކުރުމަށްޓަކައި އަމަލީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން
- ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް އެއްބާރުލުންދީ ޖަވާބުދާރީވުން.
- ސިވިލް ސާރވިސް ކޮމިޝަންގެ ޤަވާޢިދުގެ ދަށުން، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާތަން ބަދަލު ކުރުމާއި މުވައްޒަފުންނަށް ކަނޑައެޅޭ މުސާރައާއި ޢިނާޔަތްތަކާބެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ އިދާރީ އިންތިޒާމްތައް ހަމަޖައްސައި މުވައްޒަފުންގެ އެންމެހާ ކަންތައްތައް ސްޕަރވައިޒްކޮށް ބެލެހެއްޓުން.
- އެންޓްރީ އާއި ޔައުމިއްޔާ އަދި އިންވެންޓްރީ ޤަވާޢިދުން ބަލަހައްޓަމުންދޭތޯ ޗެކްކުރުން.
- އަތޮޅު ކައުންސިލަށާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވަމުންދޭތޯ ބެލެހެއްޓުން.
- ރަށްވެހިންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި ވިހާ މަރުވާއާއި އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓްގެ މަސައްކަތްތައް ކުރެވެނީ ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައްތޯ ބެލެހެއްޓުން.
- ކައުންސިލް އިދާރައިގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ތަންތަންބަލާ އެފަދަ ތަންތަން މަރާމާތު ކުރުމަށްޓަކައި މާލިއްޔަތު ގަވާއިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރަންޖެހޭ މަސައްކަތް ކުރުން.
- ޝަރުޢީކޯޓްތަކުން ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ޝަރުޢީ ކޯޓްތަކާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވުން.
- އެކިއެކި ކަންކަމާއި ގުޅިގެން ބާއްވާ ޖަލްސާ ސެމިނާރ ފަދަ ކަންކަން މުވައްޒަފުން މެދުވެރިކޮށް އިންތިޒާމުކޮށް ހިންގުން.
- ވިޔަފާރި ހުއްދައާއި ބެހޭ ކަންތައްތައް ހަމަޖެހިފައިވާ ޤަވާޢިދާ އެއްގޮތައް ކޮށް ކުރުވައި ބެލެހެއްޓުން.
- ގޯއްޗާއި ޢިމާރާތާއި ގޯތި އަދި ބިމުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީގެ މަސައްކަތްތަކާއި ބަލަހައްޓަންޖެހޭ ބިނާތަކާއި ބިންތައް ސަރުކާރުން ހަމަޖައްސަވާފައިވާ ޤަވާޢިދާ އެއްގޮތައް ބެލެހެއްޓުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
- މަރުވާ މީހުން ވަޅުލުމާއި ކަށުކަމާކެމީގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
- ރަމަޟާންމަހާއި ޝައްވާލުމަހުގެ ހަނދުބެލުމުގެ ކަންތައްތަކާއި، ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމަށް މީހުން ހަމަޖައްސާ އެންގުމާއި ޚުޠުބާ ޙަވާލުކޮށް އެކަން ހިނގާ ނުހިނގާގޮތް ބެލުން.
- އިދާރީ ގޮތުން ނިންމަންޖެހޭ ކަންތައްތަކާއި ގުޅިގެން ބަޔާން ނެގުމާއި ރިޕޯޓް ތައްޔާރު ކުރުންފަދަ މަސައްކަތްތައް ކުރުވައި ބެލެހެއްޓުމާއި ގުޅޭ އެންމެހާ މަސައްކަތް ކުރުން އަދި ކުރުވުން.
- އެކިއެކި އިންތިޚާބުތަކާއިބެހޭ ކަންތައްތައް އެ ކަންކަމާއިބެހޭގޮތުން ހެދިފައިވާ ޤާނޫނާއި ޤަވާޢިދާއި އެއްގޮތައް އަތޮޅު ކައުންސިލުން އަދި އިލެކްޝަންސް ކޮމިޝަނުން އަންގަވާ ގޮތެއްގެ މަތިން ހިންގައި ބެލެހެއްޓުން.
- ސަރުކާރުގެ ބޭނުންތަކުގައި ރަށަށް ވަޑައިގަންނަވާ ޓީމުތަކުގެ މަސައްކަތުގައި ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތަކަށް މަގު ފަހިކޮށްދިނުން.
- ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދު ހިންގުމުގައާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލެވޭ ޤަވާޢިދުތަކާއި އުޞޫލުތައް ތަންފީޛު ކުރުމަށްޓަކާ ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތައް ކޮށް ކުރުވައި ފައިސާގެ އެންމެހާ މަސައްކަތްތައް ކުރެވެމުންދަނީ ދައުލަތުގެ މާލިއްޔާތާއިބެހޭ ޤަވާޢިދާއި އެއްގޮތައްތޯ ބެލެހެއްޓުން.
- ޤާނޫނާއި ޤަވާޢިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދުވަހުން ދުވަހަށް ކައުންސިލް އިދާރާ ހިންގުމަށާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛު ކުރުމަށްޓަކާ ކައުންސިލްގެ ރައީސަށް އެހީތެރިވެ ކުރަންޖެހޭ މަސައްކަތްތައް ކޮށް ކުރުވައި ބެލެހެއްޓުން.
- މާރާމާރީއާއި ވައްކަން އަދި އަލިފާނުގެ ޙާދިސާތައްފަދަ ބޮޑެތި ކަންތައްތައް ހިނގުމުން ލަސްނުކޮށް އެކަމަކާބެހޭ ފުރިހަމަ މަޢުލޫމާތު އަތޮޅު ކައުންސިލަށް ފޮނުވުމާއި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ކައުންސިލްގެ ރައީސް އަންގަވާ ގޮތެއްގެ މަތިން އެފަދަ ޙާދިޘާތަކާއިބެހޭ އެންމެހާ ކަންކަން އިންތިޒާމުކޮށް ހިންގުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ،
- މަޤާމްގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
އެޑްމިނިސްޓްރޭޝަން
ބިޒްނަސް އެޑްމިނިސްޓްރޭޝަން
ބިޒްނަސް މެނޭޖްމަންޓް
މެނޭޖްމަންޓް
ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
އެޑްމިނިސްޓްރޭޝަން
މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ރ) އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން ( ކަނޑައެޅިފައިވާ އިންސައްތަ %35 )
- މަޤާމްގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ )
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު ( ކަނޑައެޅިފައިވާ އިންސައްތަ %50 )
ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މާރޗް 2021 ގެ 14:00 ގެ ކުރިން، ހދ.ނެއްލައިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މާރޗް 2021 އާއި 23 އޭޕްރީލް 2021 އާ ދެމެދު، ހދ.އަތޮޅު ކައުންސިލް އިދާރާގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520041 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|