ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/2021/56
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 18:30
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ "ވަރކް ޕަރމިޓް އިންޝޫރެންސް" އާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ "ވަރކް ޕަރމިޓް އިންޝޫރެންސް" އާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވާރކް ޕާރމިޓް ހެއްދުމަށްޓަކައި، ނަގަންޖެހޭ "ވަރކް ޕަރމިޓް ހެލްތް ކަވަރ / އިންޝޫރެންސް"ގެ ގޮތުގައި މި މިނިސްޓްރީން ބަލައި ގަންނާނީ، މި މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ހޯދާފައިވާ "މިނިމަމް ރިކުއަރމެންޓް" ފުރިހަމަވާ "ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖް / އިންޝޫރެންސް ޕެކޭޖް" ތައް ކަމުގައި ދެންނެވީމެވެ.

 މިގޮތުން، މި މިނިސްޓްރީން އާންމުކޮށްފައިވާ "މިނިމަމް ރިކުއަރމެންޓް" އާ އެއްގޮތްވާގޮތަށް އިންޝޫރެންސް ޕެކޭޖް ދޫކުރުމަށް އެއްބަސްވެ، މި މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތައް ރަޖިސްޓްރީ ކުރެވިފައިވާ ތާރީޚް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އަދި އެކްސްޕަޓް އޮންލައިން ސިސްޓަމް xpat.egov.mv  ގެ ހޯމް ޕޭޖްގައި ޝާއިޢު ކޮށްފައިވާނެއެވެ. އަދި 2021 އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން، ވަރކް ޕަރމިޓް ދޫކުރާނީ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝޫރެންސް ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ފަރާތަކުން ހޯދާފައިވާ މި މިނިސްޓްރީން އާންމުކޮށްފައިވާ "މިނިމަމް ރިކުއަރމެންޓް" ފުރިހަމަވާ "ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖް / އިންޝޫރެންސް ޕެކޭޖް" އޮތް ފަރާތަކަށް ކަމުގައި ދެންނެވީމެވެ. އަދި މި ތާޜީޚާއި ހަމައަށް "ވަރކް ޕަރމިޓް ހެލްތް ކަވަރ / އިންޝޫރެންސް" އެއްނެތި، ވަރކް ޕަރމިޓް ދޫކޮށްފައިވާ ބިދޭސީންގެ ވަރކްޕަރމިޓް ފީ މި ތާރީޚަށް ފަހު ދެއްކޭނީ، މި ދެންނެވި އުސޫލުގެ މަތިން "ވަރކް ޕަރމިޓް ހެލްތް ކަވަރ ޕެކޭޖް / އިންޝޫރެންސް ޕެކޭޖް" ނަގައި އެ މައުލޫމާތު މިނިސްޓްރީއަށް ހުށަހެޅުމުންކަމުގައި ދެންނެވީމެވެ.

މިގޮތުގެ މަތިން އަމަލުކުރެވުނު ނަމަވެސް، 2021 މަރޗް 15 ގެ ކުރިން، މި މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނުވާ އިންޝޫރެންސްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ނަގާފައިވާ، މުއްދަތު ހަމަނުވާ ވަރކް ޕަރމިޓް އިންޝޫރެންސް ޕެކޭޖެއް އޮތް ނަމަ، އެ ޕެކޭޖްގެ މުއްދަތު ހަމަވުމާ ހަމަޔަށް ވަރކް ޕަރމިޓް ދޫކުރާނެ ކަމުގައި ދެންނެވީމެވެ.        

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 މާރިޗު 2021