ވަޒީފާގެ ފުރުޞަތު
|
ނަންބަރު:198A/2021/60
|
ތާރީޚް: 11 މާރިޗު 2021
|
މަޤާމު
|
ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ
|
ރޭންކް: އެމް.އެސް 3
|
ޢަދަދު
|
01
|
ސެކްޝަން: އިންފްރާސްޓްރަޖްޗަރ މެނޭޖްމަންޓް
|
މަޤާމުގެ ކްލެސިފިކޭޝަން
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަސައްކަތްކުރަންޖެހޭ ތަން
|
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
|
އަސާސީ މުސާރަ
|
-/7,035 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: 3,517/5 (އަސާސީ މުސާރައިގެ %50)
- ސަރވިސް އެލަވަންސް: -/2,000
- ލިވިންގ އެލަވަންސް: -/3,000
- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ6 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ޝަރުޢީ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ދެމެހެއްޓެނިވި ގޮތެއްގައި މެއިންޓެއިންކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގައި ބެލެހެއްޓުމާއި، އެކަމާއި ގުޅުންހުރި ފަންނީ ލަފަޔާއި އިރުޝާދު ކަމާ ގުޅުންހުރި ފަރާތްތަކަށް އެރުވުމާއި، އިންފްރަރސްޓްރަކްޗަރ އާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވާލައި ތަންފީޛުކުރުމުގެ މަސައްކަތް ކުރުން.
- ޝަރުއީދާއިރާގެ އިންފްރަރސްޓްރަކްޗަރ ޑިވެލޮޕް ކުރުމަށް އެކިއެކި ފަރާތްތައް މެދުވެރިކޮށް ލިބޭ ޕްރޮޖެކްޓްތައް ކޯޑިނޭޓްކޮށް، މޮނިޓަރކޮށް ޤަވާޢިދުން ބެލެހެއްޓުން.
- ޝަރުއީދާއިރާއިގެ އިންފްރަރސްޓްރަކްޗަރ ހަރުދަނާކުރުމަށް އިންޓަރނޭޝަނަލް ޑޯނާރ އެޖެންސީސް މެދުވެރިކޮށް ފަންޑިން ހޯދުމަށް ބޭނުންވާ އެކިއެކި ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުން.
- ޝަރުޢީ ދާއިރާއިން ކުރަންޖެހޭ އެންމެހާ ޢިމާރާތްތައްކުރުމާއި، ޖާގައިތުރުކުރުމަށް ހުށަހެޅޭ ކޯޓުތަކަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކުރުމާއި، މަސައްކަތުގެ މަޢުލޫމާތު ޝީޓާއި، ބީ.އޯ.ކިއު ތައްޔާރުކުރުމާއި، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުމަށް ޕްރޮކިއުމަންޓް ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުމާއި، އެފަދަ ޕްރޮޖެކްޓަކުގެ މަސައްކަތް މޮނިޓަރކޮށް ބެލެހެއްޓުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ މަސައްކަތުގެ ވައްޓަފާޅިއަށް ބިނާކޮށް، މުވައްޒަފުން މަސައްކަތް ކުރާ މަހައުލަށް ގެންންޖެހޭ ކުދިކުރި ޒަމާނީ ތަރައްޤީތައް ގެނައުމަށް ބޭނުންވާ ކޮންސެޕްޓް ޕޭޕަރުތައް އެކުލަވާލުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ޙާލަތު ވަޒަންކުރުމުގެ ގޮތުން ސައިޓް އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުމާއި، ފީޒިބިލިޓީ ސްޓަޑީސް ހަދައި ތައްޔާރުކުރެވޭ ރިޕޯޓްސްތައް ކަމާގުޅޭ ފަރާތްތަކާއި، ހިއްސާކުރުމާއި، ކޮންމެހެން މަރާމާތު ކުރަންޖެހޭ ތަންތަނާއި، ޖާގަ އިތުރުކުރަންޖެހޭ ތަންތަން އިސްކަންދޭ ތަރުތީބުން ކަނޑައަޅައި، ބަޖެޓް އެސްޓިމޭޓް ތައްޔާރުކޮށް ހުށަހެޅުން.
- ޝަރުޢީދާއިރާއިން ކޮންމެ އަހަރަކު ކުރިއަށް ގެންދިއުމަށް ކަނޑައެޅޭ ޕްރޮޖެކްޓްތަކުގެ އެސްޓިމޭޓެޑް ބަޖެޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީދާއިރާއިން ހިންގޭ ޕްރޮޖެކްޓްތަށް ޤަވާޢިދުން ސުޕަރވައިޒްކޮށް، ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނުނިންމާ، އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެގޮތެއް ކަނޑައަޅައި ޤަވާޢިދުން ފިޔަވަޅު އެޅުން.
- ޝަރުޢީދާއިރާއިން ކުރަންޖެހޭ އެންމެހާ ޢިމާރާތްތަކާ ގުޅޭގޮތުން ޓެންޑަރ ބޯޑަށް ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ތައްޔާރުކޮށް ހުށަހެޅުން.
- ޝަރުޢީ ކޯޓުތަކާއި، އިދާރާތަކުގެ ޖާގައިތުރުކުރުމަށާއި، މަރާމާތުކުރުމަށްޓަކައި ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން އެމަސައްކަތްތައް ކުރިއަށް ގެންދިއުން.
- ޝަރުޢީ ކޯޓުތަކާއި، އިދާރާތަކުގެ ކަރަންޓާއި، ފެންވައިރާއި، އެއަރ ކޮންޑިޝަންތައް މަރާމާތުކޮށް ޤަވާޢިދުން އިންސްޕެކްޓްކޮށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
- ތީމުގޭގައި ބޭނުންކުރަމުން ގެންދާ ބެކަޕް ޖެނެރޭޓަރު މެއިންޓެނެސް މަސައްކަތް ޤަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމާއި، އޭގެ ބެކަޕް ޕްލޭން ތައްޔާރުކޮށް ތަންފީޛުކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- މި ޑިޕާޓްމަންޓުން ކުރާ ޢިމާރާތްތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ޝަރުޢީ ކޯޓުތަކާއި އިދާރާތަކަށް ލިބޭ ތަފާތު ގެއްލުންތަކުގެ މަޢުލޫމާތު އެއްކޮށް ރެކޯޑު ބެލެހެއްޓުމާއި އަދި ތަފާތު ގެއްލުންތައް ލިބިގެން މަރާމާތު ކުރަން ނުވަތަ އަލުން ޢިމާރާތް ކުރަންޖެހޭ ކޯޓުތައް މަރާމާތުކުރުމާއި ޢިމާރާތް ކުރުމުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ތީމުގެ އާއި ތީމުގޭ ގޯތިތެރެ މަރާމާތު ކުރުމަށާއި، ޕޫލް ސާފުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ ޚާއްސަ ޓެކްނިކަލް މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މިޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައި ހުންނަ އިމާރާތްތަކުގައި ކުރެވޭ މަރާމާތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި، މަރާމާތު ކުރުމަށް ހޯދަންޖެހޭ ތަކެތި އައިޑެންޓިފައިކޮށް، އެތަކެތީގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް ކާމާގުޅުންހުރި ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
- މި ޑިޕާޓްމަންޓުގެ އަގުކޮމެޓީއަށް ބޭނުންވާ ޓެކްނިކަލް ލަފާދިނުން.
|
އެހެނިހެން ޝަރުޠު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ޑިޕާޓްމަންޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
ތަޢުލީމީ ރޮނގު
|
ސިވިލް އިންޖިނީރިންގ، ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮންޓިޓީ ސަރވޭއިންގ، އާކިޓެކްޗަރަލް ސްޓަޑީސް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
ބިލްޑިންގ ސައިންސް
|
މަޤާމަށް ބޭނުންވާ ޚާއްސަ ހުނަރުތައް
|
- ޕްރޮޖެކްޓް މެނޭޖްމަންޓް.
- ބަޖެޓް އެނަލައިޒްކޮށް އެސްޓިމޭޓް ތައްޔާރުކުރުމުގެ ހުނަރު.
- ބިލްޑިންގ މެނޭޖްމަންޓް އާއި ގުޅުންހުރި ސޮފްޓްވެއަރތަކާއި، ޓޫލްސްތަކަށް ފަރިތަވުން.
- ޕީޕަލް މެނެޖްމަންޓް ސްކިލްސް.
- ނެގޯސިއޭޝަން ސްކިލްސް.
- ރިސްކް މެނޭޖްމަންޓް ސްކިލްސް.
- ކޮންސްޓްރަކްޝަން ދާއިރާގައި ހެދިފައިހުރި ޤާނޫނުތަކާއި، ޤަވާޢިދުތަކާއި އުޞޫލުތަކާއި، އިންޓަރނޭޝަނަލް ސްޓޭންޑަރަޑްސް ތަކަށް އަހުލުވެރިވުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތް ތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވަލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
|
ސުންގަޑި
|
2021 މާރިޗު 24 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
- · މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340856 / 3340853
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ތަޢުލީމް
|
30%
|
ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް
|
5%
|
މަސައްކަތު ތަޖުރިބާ
|
15%
|
ޕްރެކްޓިކަލް ޓެސްޓް
|
20%
|
ޕްރެޒެންޓޭޝަން އަދި އިންޓަރވިއު
|
30%
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށްވުން.
- ޕްރޮޖެކްޓްތަކުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ހިގަމުންދާ ސައިޓްތަކުގައި މަސައްކަތްކުރުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- ފަރިތަކަމާއި އެކު ދިވެހިބަހުންނާއި، އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރ، އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓަރ ކުރެވިފައިވާ އިންޖިނިއަރަކަށްވުން.
- ވަޒީފާއާއިބެހޭ ޤާނޫނާއި، ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދާއި، އަދި ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި، އުޞޫލުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން.
|