ދިވެހިރާއްޖެ
ނަންބަރު:123-A/IUL/2021/20
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ހ.ސަކީނާ މަންޒިލުގެ 3,4,5,6 އަދި 8 ވަނަ ފަންގިފިލާގެ ކުޑަ ދޮރުތަކުގައި ހަރުކުރުމަށް ރޯލާ ބްލައިންޑްސް ފޯރުކޮށްދެއްވާ އެތަކެތި ހަރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 މާރިޗު 15 ވާ ހޯމަ ދުވަހުގެ 10:00ގައި އޮންނަ ޕްރީބިޑް މީޓިންގްގައި ބައިވެރިވުމަށް މިކޮމިޝަނަށް (ހ. ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 މާރިޗު 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކޮމިޝަނަށް (ހ. ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓް އަދި ސްޕެސިފިކޭޝަން މި އިޢުލާނާއި އެއްހީރަސްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.
27 ރަޖަބު 1442
11 މާރިޗު 2020