ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2021/29
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:47
ސުންގަޑި: 01 އޭޕްރިލް 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ކަނޑުގ ދަތުރުކުރާ އުޅަނދުފަހު ރާއްޖޭގައި ބަނުމުގެ ދާއިމީ ކޮމެޓީއަށް ފަންނީ މާހިރުން ބައިވެރިވުމާއި ބެހޭގޮތުން

      ނަންބަރު:   29(IUL)202-M/1/2021/

އިޢުލާން

            ގަވާއިދު ނަންބަރު 2017/R-2 "ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު" ގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ފަންނީ މާހިރުންގެ ދާއިމީ ކޮމިޓީ އައްޔަން ކުރުމަށްޓަކާ މިކޮމިޓީގައި ތިރީގައި މިދަންނަވާ ދާއިރާތަކުން ބޭފުޅުން ހިމެނުމަށް ވަނީ ކަނޑައަޅާއެވެ.

-          މެރިން އިންޖިނިއަރިންގ ދާއިރާއިން  

-          ސްޓްރަކްޗަރަލް އިންޖިނިއަރިންގ ދާއިރާއިން  

-          ނޭވަލް އާކުޓެކްޓް ދާއިރާއިން

-          ބޯޓް ބިލްޑިންގ (ކިއްސަރު ވަޑާމުގެ ދާއިރާއިން) 

            އެހެންކަމުން މަތީގައި ބަޔާންކޮށްފައިވާ ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ހުރި ފަންނީ މާހިރުންގެ ދާއިމީ ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ބޭފުޅުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ސީ.ވީ އާއެކު މި އޮތޯރިޓީގެ  އީމެއިލް އެޑްރެސް [email protected]  އަށް 2021 އޭޕްރީލް 01 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވައި ދެއްވުން އެދި ދެންނެވީމެވެ.

                  27 ރަޖަބް 1442

                  11 މާރިޗު 2021    

 

11 މާރިޗު 2021