ދިވެހިރާއްޖެ
ކަސްޓަމްސް ޢާންމުޤަވާޢިދުގެ 213 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކަސްޓަމްސް މެދުވެރީންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރި ތާރީޚުން ފެށިގެން މީލާދީ 1 (އެކެއް) އަހަރެވެ. މިގޮތުން ލައިސަންސްގެ މުއްދަތު ހަމަވުމުން، ލައިސަންސް އާކުރުމަށް އެދި ކަސްޓަމްސް އަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ.
ކަސްޓަމްސް ބްރޯކަރ ކުންފުނިތަކުގެ ލައިސަންސް އާކުރުމަށް އެޕްލިކޭޝަން ( MCS-155 ) ފޯމު ކަސްޓަމްސް އަށް ހުށަހެޅުމުގެ ބަދަލުގައި ކަސްޓަމްސް އީ-ޕޯޓަލް މެދުވެރިކޮށް، ވެރިފަރާތައް ލައިސަންސް އައުކުރެވޭގޮތަށް ހަމަޖައްސައިފީމެވެ. އަދި މިގޮތަށް ހަމަޖެހުމުން، ބްރޯކަރ ކުންފުނިތަކުގެ ލައިސަންސް މުއްދަތު ހަމަވުމުން މިއޮފީހުގެ "އަސިކުޑާ" ސިސްޓަމުން ޚިދުމަތް މެދުކެނޑޭނެއެވެ. މިގޮތުން ޚިދުމަތް އަލުން ޤާއިމްކުރުމަށް ކަސްޓަމްސް އީ- ޕޯޓަލް މެދުވެރިކޮށް ކުންފުނީގެ ލައިސަންސް ރިނިއުކޮށް، ޕޭމަންޓް ދެއްކެވުމުން އަލުން ޚިދުމަތް ލިބިވަޑައިގަންނަވާނެ ކަމުގައި ދެންނެވީމެވެ.
އަދި ދަންނަވަމެވެ. އީ- ޕޯޓަލް މެދުވެރިކޮށް ލައިސަންސް އައުކުރި ކަމުގައި ވިއަސް އެކުންފުނީގައި އެވަގުތު މަސައްކަތްކުރަމުން ގެންދާ ބްރޯކަރުގެ މަޢުލޫމާތާއި، ބްރޯކަރު ވަޒީފާ އަދާކުރާކަމުގެ ލިޔުން އަދި ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑަށް ބަދަލެއް އައިސްފައިވާނަމަ، އެކަން އެނގޭނެ ލިޔުމެއް، ކަސްޓަމްސްގެ އީ-މެއިލް [email protected])) އަށް ފޮނުއްވައިދެއްވުމަށްވެސް ދެންނެވީމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މިއޮފީހުގެ ނަންބަރު:3334176 ފޯނަށް ގުޅުއްވުން އެދެމެވެ.
ބްރޯކަރ ލައިސަންސް އައުކުރުމަށް ޢަމަލުކުރަންވީ ގޮތް ތިރީގައި އެވަނީއެވެ.
1- ކަސްޓަމްސް ޕޯޓަލްއަށް ލޮގިން ކުރެއްވުމަށްފަހު ޑޭޝްބޯޑް ޕޭޖުގެ ރިނިއު ބްރޯކާ ލިންކަށް ފިއްތަވާލައްވާށެވެ.
2- ޕެންޑިންގ ޕޭމެންޓްސް ޕޭޖްގައިވާ ޕޭއޮންލައިން ބަޓަނަށް ފިއްތަވާލައްވާށެވެ.
3- ބޭންކް އޮފްމޯލްޑިވްސްގެ ޕޭމެންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިން ޕޭމެންޓް ހައްދަވާށެވެ.
4- ޕޭމެންޓް ހެއްދެވުމުން ބުރޯކަރ ލައިސަންސް އައުކޮށްދެވޭނެއެވެ.
ވީމާ މިހާތަނަށް ބްރޯކަރ ކުންފުނިތަކުގެ ލައިސަންސް މުއްދަތު ހަމަވެ، ލައިސަންސް އާނުކުރާ ފަރާތްތަކުގެ ޚިދުމަތް 2021 އެޕްރީލް 01 ވަނަ ދުވަހުންފެށިގެން މެދުކެނޑޭނެ ވާހަކަ ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި އަލުން ޚިދުމަތް ޤާއިމްކުރެއްވުމަށް މަތީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދެންނެވީމެވެ.