މަސައްކަތް
ނަންބަރު: (IUL)113-PD/1/2021/22
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 23:10
ސުންގަޑި: 17 މާރިޗު 2021 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންފުނީގެ ހުޅުމާލޭ ޓަރމިނަލްގެ ބޮންޑެޑް ވެއަރހައުސް އެކްސްޓެންޑް ކުރުމަށް، ބައުންޑަރީ ފެންސްހަދާ، ޕޭވްކޮށް، ގޭޓް އަދި ފާހާނަބަރިއަކާއި އަދި އިތުރަށްވެސް ކުރަންޖެހޭ މަސައްކަތްތަކެއް ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ.

     މި ކުންފުންފުނީގެ ހުޅުމާލޭ ޓަރމިނަލްގެ ބޮންޑެޑް ވެއަރހައުސް އެކްސްޓެންޑް ކުރުމަށް، ބައުންޑަރީ ފެންސްހަދާ، ޕޭވްކޮށް، ގޭޓް އަދި ފާހާނަބަރިއަކާއި އަދި އިތުރަށްވެސް ކުރަންޖެހޭ މަސައްކަތްތަކެއް ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 17 މާރިޗް 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

 މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހަޅާ ގޮތަށް

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

           މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

10 މާރިޗު 2021