ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-CA/38/2021/103
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 13:21
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން، އިތުރު ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުން

(IUL)38-CA/38/2021/103 ނަންބަރު

އިޢުލާން

 

މި ކޮމިޝަނުގެ ނަންބަރު (IUL)38-CA/38/2021/83(IUL)، 38-CA/38/2021/94 އަދި (IUL)38-CA/38/2021/97 އިޢުލާންތަކުން، 2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބަހައްޓަން އިޢުލާންކޮށްފައިވާ ރިސޯޓުތަކުގެ އިތުރުން ތިރީގައި މިދަންނަވާ ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް މި ކޮމިޝަނުން ނިންމައިފީމެވެ.

 

ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް

ވޯޓުލާ ސަރަހައްދުގެ ތަފްސީލު

ރަށުގެ ނަން

ވޯޓުފޮށީގެ ނަން

ވޯޓު ފޮށީގެ ކޯޑު

ވޯޓު ފޮށީގެ ނަންބަރު

ކޮކޯ ޕާމް ދުނިކޮޅު، ސްޓާފް އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ ކޮކޯ ޕާމް ދުނިކޮޅުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ބ.ދުނިކޮޅު

ކޮކޯ ޕާމް ދުނިކޮޅު-1

Z147.1

757

 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ މީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި ވޯޓުލުމަށް މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

10 މާރިޗު 2021