ތަމްރީނު
ނަންބަރު: (IUL)475-Schol/475/2021/94
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 30 މާރިޗު 2021 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
(OIC) Faculty of Islamic Call scholarship / Libya

(OIC) Faculty of Islamic Call scholarship / Libya

 

       ލީބިޔާގައި ހުންނަ ފެކަލްޓީ އޮފް އިސްލާމިކް ކޯލްގައި ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމްތަކުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން "އޯ.އައި.ސީ" ގެ މެމްބަރު ޤައުމުތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އޯ.އައި.ސީ އިން ވަނީ އަންގަވާފައެވެ.

 

މި ކޯސްތަކާއިގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ އިންފޮމޭޝަން ޝީޓެއް މިއިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. މިކޯސްތަކަށް ހޮވޭ ކެންޑިޑޭޓުންނަށް ދެކޮޅު ޓިކެޓް، ސްޓައިޕެންޑް އަދި ހޮސްޓެލްގައި ހުރުމުގެ އިންތިޒާމް ކޯސް ހިންގާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. އަދި މިފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 30 މާރޗް 2021 އެވެ.

       

ވީމާ، މިޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ އީމެއިލަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 Email: [email protected]

 ...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

10 މާރިޗު 2021