މަސައްކަތް
ނަންބަރު: (IUL)P10C/2021/04
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 17 މާރިޗު 2021 13:45
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މިކޯޓަށް ބޭނުންވާ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިކޯޓަށް ބޭނުންވާ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދަން ކުރެވުނު މިކޯޓުގެ ނަންބަރު (IUL)P10C/2021/01 (28 ފެބްރުވަރީ 2021) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:45 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 24 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:45 އަށް މި ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.

10 މާރިޗު 2021